Advertisement
ކ. މާލެ
|
28 ޖެނުއަރީ 2019 | ހޯމަ 13:48
ޖަމްބޯ ދޯނި
ޖަމްބޯ ދޯނި
މުހައްމަދު ޝަރުހާން
ގެއްލުނު ދޯނި
12 މީހުންނާ އެކު ގެއްލުނު ދޯނި އަދިވެސް ނުފެނޭ!
ދޯނީގެ ޚަބަރެއް އެންމެ ފަހުން ވީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ
ދޯނި އަދިވެސް ފެނިފައެއް ނުވޭ

އާދިއްތަ ދުވަހު 12 މީހުންނާ އެކު މަހަށް ފުރައިގެން ޚަބަރެއް ނުވުގެން އުޅޭ ޖަންބޯ ނަމަކަށް ކިޔާ ދޯނި ހޯދުމަށް މެދުކެނޑުމެއް ނެތި މަސަތްކަތް ކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ގެއްލިގެން އުޅެނީ 75 ފޫޓްގެ މަސް ދޯންޏެއް ކަމަށާއި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު 10:22 ގައި ކަމަށެވެ. ދޯނީގެ ވެރި ފަރާތުން ބުނެފައިވާ ގޮތުގައި ދޯނީގެ ޚަބަރެއް އެންމެ ފަހުން ވެފައި ވަނީ ލ. އަތޮޅުން އެންދަމައިގެން ކަނޑަށް ނިކުތް ފަހުން، މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 1900 ހާއިރު ކަމަށެވެ.

ގެއްލިގެން އުޅޭ ދޯންޏަކީ ބޭރުގައި އަޅި ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެކެވެ. އެގޮތުން ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވައި އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް