Advertisement
ކ. މާލެ
|
28 ޖެނުއަރީ 2019 | ހޯމަ 12:19
ިިިިިނޭވާ ހިއްލުމުގެ ބަލި ތަހައްމަލު ކުރާ މީހަކު އިންހޭލާ ބޭނުންކުރަނީ
ިިިިިނޭވާ ހިއްލުމުގެ ބަލި ތަހައްމަލު ކުރާ މީހަކު އިންހޭލާ ބޭނުންކުރަނީ
މުހައްމަދު ޝަރުހާން
ނޭވާ ހިއްލުން
ނޭވާ ހިއްލުމުގެ ނުރައްކާ ދުވަސްވީ މީހުނަށް ވުރެން ޅަ އުމުރުގެ މީހުންނަށް ބޮޑު: ދިރާސާ
ދިރާސާ ކޮށްފައިވަނީ ނޭވާ ހިއްލުމުގެ ވޭން ތަހައްމަލު ކުރަމުންދާ 10،000 މީހުން ހިމަނައިގެން
18 އަހަރާއި 29 އަހަރާއި ދެމެދުގެ 75 ޕަސެންޓް  މީހުންނަށް ބަލީގެ އަސާސީ ފަރުވާ ނުލިބޭ

އުމުރުން ދުވަސްވީ މީހުންނަށް ވުރެން ޅައުމުރުގެ މީހުނަށް ނޭވާލުމުގެ ސަބަބުން ފުރާނައަށް ނުރަށްކާވާ މިންވަރު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާ ކޮށްފައިވަނީ ނޭވާ ހިއްލުމުގެ ވޭން ތަހައްމަލު ކުރަމުންދާ 10،000 މީހުން ހިމަނައިގެންނެވެ. މި ދިރާސާއިން ދައްކާގޮތުން މިބަލީގެ ނުރައްކާ އުމުރުން ދުވަސްވީ މީހުންނަށް ވުރެން ޒުވާން އުމުރުގެ މީހުންނަށް ދެގުނައަށް ބޮޑުކަން ފާހަގަ ކޮށްފައި ވެއެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުން  އުމުރުން 27 އަހަރުގެ އަމީ ޕަލްކޭ އަކީ ވެސް މި ބަލިތަހައްމަލު ކުރަމުން ދާ މީހެއް ކަމަށާއި ނަމަވެސް މީގެ ކުރީގައި އޭނާއަށް މިބަލީގެ ނުރައްކާލާތެރިކަން އިހުސާސް ނުކުރެވޭ ކަމަށެވެ.

ނޭވާ ހިއްލުމަކީ ކިހާ ނުރައްކާތެރި ބައްޔެއްކަން އަމީ ޕަލްކޭއަށް ވިސްނެން ފެށުނީ ރޭގަނޑު ކެއްސަން ފެށުމާއި ނޭވާލާން އުނދަގޫވުން އާންމުވާން ފެށުމުންނެވެ. މިގޮތަށް ވާންފެށުމުން އަމީ ނަރުހެއް ކައިރިއަށް ގޮސް ބަލީގެ މައުލޫމާތު އޮޅުންފިލުވާ ކުރަންވީ ކޮން ފަރުވާއެއްކަން ވެސް އޮޅުން ފިލުވި ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

އިނގިރޭސިވިލާތުގައި ކުރި މި ސާރވޭއިން އުމުރުން 18 އަހަރާއި 29 އަހަރާއި ދެމެދުގެ 75 ޕަސެންޓް  މީހުންނަށް މި ބަލީގެ އަސާސީ ފަރުވާ ނުލިބޭ ކަމަށް ބުނެފައި ވެއެވެ. އަސާސީފަރުވާގެ ތެރޭގައި ހިމެނެނީ ފަރުވާ ކުރަންވީ ގޮތާއި، ގަވާއިދުން ޑޮކްޓަރަށް ދެއްކުމާއި އަދި ނޭވާ ހިއްލާއިރު ބޭނުން ކުރަންޖެހޭ އާލާތްތައް ބޭނުން ކުރާނެ ގޮތެވެ.

މި އުމުރުގެ މީހުން މި ބަލީގެ އަސާސީ ފަރުވާ ނުހޯދާ ފަރުވާކުޑަކުރާ ކަމަށް ދިރާސާއިން ދައްކާ ސަބަބު ތަކަކީ ގިނަ މީހުންނަށް ބަލީގެ ނުރައްކާ މާބޮޑުނުވުމާއި، ދިރިއުޅުމުގެ ކަންކަން ހުންނަގޮތާއި ޑޮކްޓަރަށް ދެއްކުމުގައި އެޕޮއިންޓްމެންޓް ތައް ހޯދުމުގައި ދަތިވުމެވެ. އިނގިރޭސި ވިލާތުގެ ޑޮކްޓަރެއް ކަމަށްވާ ޑރ ސަމަންތާ ރޯކާ ވިދާޅުވީ ސިއްހީ ދާއިރާގެ އިސްވެރިންނާއި ތަޖުރިބާކާރުން މިކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި އެމީހެއްގެ އަމިއްލަ ސިއްހަތުގެ ދުޅަހެޔޮ ކަމަށް ސަމާލުކަން ދިނުމަކީ ފަރުދީ ޒިންމާ އަކަށް ހަދަންޖެހޭ ކަމަށެވެ  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް