Advertisement
ކ. މާލެ
|
28 ޖެނުއަރީ 2019 | ހޯމަ 12:11
ފަރަށް އެރި ދޯނި
ފަރަށް އެރި ދޯނި
އެމްއެންޑީއެފް
ފަރަށް އެރުން
''ދުވެލި'' ނަމަކަށް ކިޔާ ދޯންޏެއް ކޫއްޑޫ ފަރަށް އަރައިފި
އެދޯނީގައި ތިން މީހުން ތިބި
އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ

''ދުވެލި'' ނަމަކަށް ކިޔާ ދޯންޏެއް ގއ.ކޫއްޑޫ ފަރަށް އަރައިފިއެވެ. 

އެމްއެންޑީއެފުން ބުނީ މިދޯނި ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ހޯމަ ދުވަހު 9:27 ހާއިރު ކަމަށެވެ. އަދި މިމައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާރޑް ސްކޮޑްރަން އިން އެދޯންޏަށް އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގިއިރު، އެ ދޯނީގައި 3 މީހުން ތިބި ކަމަށެވެ. 

އަދި މިއެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް