Advertisement
ކ. މާލެ
|
28 ޖެނުއަރީ 2019 | ހޯމަ 12:04
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް  ޑިމޮކްރެޓިކް ޕާޓީ (ލޭބަރ ޕާޓީން) ގެ ތަރުޖަމާން މައުރޫފް ޒާކިރު
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް  ޑިމޮކްރެޓިކް ޕާޓީ (ލޭބަރ ޕާޓީން) ގެ ތަރުޖަމާން މައުރޫފް ޒާކިރު
މުހައްމަދު ޝަރުހާން
މަސައްކަތްތެރިންގެ ހައްްގު
ސިވިލް ސާވިސްގައި މަސައްކަތްކުރާ ފަރާތްތަކަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވެން ޖެހޭނެ: މައުރޫފް
ގާނޫނުގައި ހުރި ހައްގުތައް މަސައްކަތްތެރިންނަށް ހޯދައިދިނުމަށް ލޭބަރ ޕާޓީން އިހުތިޖާޖު ކުރާނެ
މަސައްކަތްތެރިންގެ ހައްގުތައް ހޯދުމުގައި ކޯޓްތަކަށް ދާންޖެހިއްޖެނަމަ އެކަން ވެސް ކުރާނަން
އެޕާޓީގެ އެންމެ ބޮޑު އެއްމަގުސަދަކީ މަސައްކަތްތެރިންގެ އިތުބާރު ދެމެހެއްޓުން

ސިވިލް ސާވިސްގައި މަސައްކަތްކުރާ ފަރާތްތަކަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ވެވެންޖެހޭނެ ކަމަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބަރ ޕާޓީން) ގެ ތަރުޖަމާން މައުރޫފް ޒާކިރު ވިދާޅު ވެއްޖެއެވެ.

 

ތަފާތު ދާއިރާތަކުގައި ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު އެފަރާތްތަކަށް ލިބެންޖެހޭ ގިނަ ހައްގުތަކަކުން އެމީހުން މަހުރޫމް ވެފައިވާކަން  ފާހަގަ ކުރައްވާ ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީން ގެނެސްދިން ފަލަސުރުހީ ޕްރޮގްރާމްގައި މައުރޫފް ވިދާޅުވީ މަސައްކަތްތެރިންނަށް ފަހިވާގޮތަށް ހެދިފައިވާ  ގާނޫނުގައި ހުރި ހައްގުތަށް ހޯދައިދިނުމަށް އެޕާޓީން އިހުތިޖާޖު ކުރާނެ ކަމަށެވެ.

" ސިވިލްސާވިސްގައި މަސައްކަތް ކުރާ ފަރާތްތަކަށް ސިޔާސީ ހަރަކާތްތަކުގައި އުޅެވެން ޖެހޭނެ އެފަދަ ފަރާތްތަކަށް ސިޔާސީ މަގާމުތައް ވެސް ލިބެންޖެހޭނެ އަދި އެފަރާތްތަކުން އެމީހުންގެ ހައްގުތައް ހޯދުމުގައި ވަކާލާތުކޮށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މަސައްކަތްތެރިންނަށް ކުރެވެންޖެހޭނެ" މައުރޫފް ވިދާޅުވިއެވެ.

މީގެއިތުރުން  މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް އެމީހުންގެ ހައްގުތައް ހޯދުމުގައި ކޯޓްތަކަށް ދާންޖެހިއްޖެނަމަ އެކަން ވެސް ލޭބަ ޕާޓީން ކުރާނެ ކަމަށާއި ދެން ކަންތައްތައް ވަމުންދާ ގޮތް ކުރިއާއި ޚިލާފް ވާނެ ކަމަށެވެ. ދެން މަސައްކަތްތެރިން އުޅޭނީ އެމީހުންގެ ހައްގުތައް ފުރިހަމައަށް ލިބިދޭނެ ގައުމެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ އެޕާޓީގެ އެންމެ ބޮޑު އެއްމަގުސަދަކީ މަސައްކަތްތެރިންގެ އިތުބާރު ދެމެހެއްޓުން ކަމަށާއި ޕާޓީގެ ލީޑަރޝިޕަށް އެ ޕާޓީގެ މެންބަރުންނާއި މަސައްކަތްތެރިންނާއި އަޅާނުލާ ނުތިބެވޭނެ ކަމަށެވެ.

 

މީގެ އިތުރުން ލޭބަރ ޕާޓީން ކުރާނެ ދެކަމެއް އޮތްކަން ފާހަގަ ކުރައްވާ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަސީން ވިދާޅުވީ  ޕާޓީން އިސްނަގައިގެން މަސައްކަތްތެރިންގެ ހައްގުތައް އެމީހުންނަށް ހޯދައި ދިނުމާއި އެމީހުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް މަސައްކަތް ކުރުމާއި އަދި ވެރިކަން ކުރާ ޕާޓީން ވެސް މަސައްކަތްތެރިންނަށް ކޮށްދޭން ވައުދުވެފައިވާ ކަންތައްތައް ކޮށް ނުދީ ނުތިބެވޭނެ ކަމެވެ.

އެގޮތުން މަސައްކަތްތެރިންނަށް ކަނޑައަޅާ އެންމެ ކުޑަ އުޖޫރަ އެދޭން ބުނާ ދުވަހަށް ދޭން ޖެހޭނެ ކަމަށާއި އެ ނުދީ ނުތިބެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަންނަ މޭމަހުގައި ފާހަގަ ކުރާ ބައިނަލް އަގްވާމީ މޭޑޭ ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމާފައިވަނީ އަދި  މަސައްކަތްތެރިންގެ ހައްގުގައި އެހެން ޕާޓީތަކާއި މަޝްވަރާ ކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނަން އާންމު ރައްޔިތުންނާއި ވާހަކަ ދައްކަންޖެހޭނަމަ އެކަންވެސް ކުރާނަން" ހަސީން ވިދާޅުވިއެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް