Advertisement
ކ. މާލެ
|
28 ޖެނުއަރީ 2019 | ހޯމަ 00:07
ކޮންގްރެސް ޕާޓީގެ އިފްތިތާހީ ޖަލްސާގެ ތެރެއިން
ކޮންގްރެސް ޕާޓީގެ އިފްތިތާހީ ޖަލްސާގެ ތެރެއިން
އާމިނަތު ނުޒުހާ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)
ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސަކަށް އަދުރޭ، ނައިބް ރައީސުންނަށް ސައީދާއި ޝަރީފް!
ޕާޓީގެ ވަގުތީ ކޮމިޓީއަށް 40 ބޭފުޅަކު ވަނީ އައްޔަންކޮށްފައި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވަގުތީ ރައީސްއަކަށް އަބްދުއްރަހީމް އަބްދުﷲ އަދި ނައިބް ރައީސުންނަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިންތިޚާބު ކޮށްފިއެވެ.

މި ބޭފުޅުން މި މަގާމުތަކަށް އިންތިޚާބު ކޮށްފައި ވަނީ ޕީއެންސީ އުފެއްދުމަށް އާދިއްތަ ދުވަހުގެރޭ ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައެވެ.

މި ތިން ބޭފުޅުންވެސް އައްޔަން ކޮށްފައި ވަނީ ބައިވެރިވި 357 މެމްބަރުންގެ އިއްތިފާގުންނެވެ. ޕީއެންސީގެ ވަގުތީ ލީޑާޝިޕްގެ އިތުރުން އެ ޕާޓީގެ ނިޝާން، ދިދަ، ކުލަ، އަދި ޕާޓީގެ އަސާސީ ގަވާއިދުވެސް ވަނީ އެ ޖަލްސާގައި ފާސްކޮށްފައެވެ.

ޕީއެންސީގެ ނިޝާން އަދި ދިދަ ފަސްކޮށްފައި ވަނީ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީއެންސީގެ ވަގުތީ ހިންގާ ކޮމިޓީއަށް 40 ބޭފުޅަކު އައްޔަނު ކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ. އެ ކޮމިޓީގައި ހިމެނޭ ގިނަ ބޭފުޅުންނަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ އިސްމަގާމުތައް ފުރާފައިވާ ބޭފުޅުންނެވެ. ކޮންގްރެސް ޕާޓީގެ ރަސްމީ ކުލައަކަށް ވިލު ނޫކުލަ، 355 މެމްބަރުންގެ ވޯޓުން ފާސްކޮށްފައިވާއިރު އެ ޕާޓީގެ މެނިފެސްޓޯ ފާސްކޮށްފައި ވަނީ 357 މެމްބަރުންގެ ވޯޓުންނެވެ.

މި ޖަލްސާ ޝަރަފު ކޮށްދެއްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިންއެވެ. މި ޖަލްސާގައި އިލެކްޝަން ކޮމިޝަންގެ އޮފިޝަލުންގެ އިތުރުން އޮބްޒާވަރުންވެސް ވަނީ ބައިވެރިވެފައެވެ.  

ރައީސް ޔާމީން އިސްވެ ހުންނަވައިގެން މަސައްކަތް ކުރައްވަމުން އަންނަ ޕީއެންސީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ދީފައި ވަނީ ބުރާސްފަތި ދުވަހުއެވެ. ޕީއެންސީ އުފެއްދުމަށް ބޭނުންވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދީފައި ވަނީ އީސީގެ މެންބަރުން މަޖިލީހަށް ހާޒިރު ކުރާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް