Advertisement
ކ. މާލެ
|
27 ޖެނުއަރީ 2019 | އާދީއްތަ 18:20
ފުލުހުންގެ ލޯންޗެއްގައި ޓެރަރިޒަމްގެ ދައުވާ އުފުލުނު ބައެއް ބޭފުޅުން
ފުލުހުންގެ ލޯންޗެއްގައި ޓެރަރިޒަމްގެ ދައުވާ އުފުލުނު ބައެއް ބޭފުޅުން
މުހައްމަދު ޝަރުހާން
ޓެރަރިޒަމްގެ ދައުވާ
މައުމޫނު، ފާރިސް، ނަދީމް، އަރީފް އަދި ރިޔާޒްގެ މައްޗަށްކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފި
އެ ދައުވާ ކުރިމިނަލް ކޯޓުން ނަގައި، އަނބުރާ ފުލުހަށް ފޮނުވާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނޭ

ކުރީގެ ރައީސް މައުމޫން އަބްދުއްޤައްޔޫމާއި، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި، މުޙައްމަދު ނަދީމާއި، ކުރީގެ ޕޮލިސް ކޮމިޝަނަރ އަހުމަދު އަރީފާއި، ކިިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށްކުރި ޓެރަރިޒަމްގެ ދައުވާތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފިއެވެ.

އެ ހުރިހާ ބޭފުޅުންގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވާކުރަނީ ނިމިގެންދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެންނެވެ. 

އެ ބޭފުޅުންނަށް ޕީޖީ އޮފީހުން ފޮނުވި ސިޓީގައި ބުނެފައިވަނީ، ސަރުކާރު ވައްޓާލުމަށް މަޖިލިސް މެންބަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުވާ މައްސަލާގައި ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ. އަދި އެ ދައުވާ ކުރިމިނަލް ކޯޓުން ނަގައި، އަނބުރާ ފުލުހަށް ފޮނުވާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ. 

ދައުވާ ލިބޭ ހުރިހާ ބޭފުޅުންގެ ޝަރީއަތް އެކުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ އެ މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ވަނީ ނިންމާލައިފައެވެ. 

މީގެކުރިން ޕީޖީ އޮފީހުން ވަނީ ފާރިސްގެ މައްޗަށްކުރި ރިޝްވަތު ދިނުމުގެ ދައުވާވެސް އަނބުރާ ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް