Advertisement
ކ. މާލެ
|
27 ޖެނުއަރީ 2019 | އާދީއްތަ 16:14
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
މުހައްމަދު ޝަރުހާން
ފެނަކަ ކޯޕަރޭޝަން
ސަސްޕެންޑް ކޮށްފައި ވާނީ ފަރުވާ ކުޑަ މަސްއޫލިއްޔަތު އަދާނުކުރެވޭ މުވައްޒަފުން: ފެނަކަ
ސަސްޕެންޑް ކުރީ ފަރުވާ ކުޑަވުމުން ކަމަށް ބުނޭ
ކުންފުންޏަށާއި ދެވޭ ޚިދުމަތަށް ބުރޫ އަރަފައިވާ ކަމަށް ބުނި

މުވައްޒަފުން ސަސްޕެންޑް ކުރަނީ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާ ކުޑަވުމާއި، ކުންފުނީގެ މުދަލާއި ފައިސާއަށް އިހުމާލުވާކަން ފާހަގަ ކުރެވިގެން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުންތަކެއް ވަޒީފާއިން ސަސްޕެންޑް ކުރުމާ ގުޅޭ ގޮތުން އެ ކުންފުނިން އާދިއްތަ ދުވަހު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ، ސަސްޕެންޑްކޮށްފައިވާނީ ކުންފުނިން ދޭ ހިދުމަތްތައް ދިނުމުގައި މުވައްޒަފުގެ އިހްމާލުން ކުންފުންޏަށް ގެއްލުންވެ، މުވައްޒަފާއި މަތި ކުރުވާފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފަރުވާކުޑަވުމުން ކަމަށެވެ.

ގިނަ މުވައްޒަފުންތަކެއް ކުއްލި ގޮތަކަށް ސަސްޕެންޑުކޮށް އެ މުވައްޒަފުންނަށް ލިޔުން ފޮނުވަމުންދާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ފެނަކައިން ބުނީ، ބައެއް ނޫސްތަކުގައި ޝާއިއުކުރާ ޚަބަރުތަކުގެ ސަބަބުން ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭ ކަމަށެވެ. އަދި އެ ކުންފުނީގެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހަރުދަނާ އަދި ދެމެހެއްޓެނިވި ހިދުމަތްތަތަކެއް ފޯރުކޮށްދޭ ތަނަކަށް ކުންފުނި ހެދުމަކީ ކޮންމެ މުވައްޒަފެއްގެ ވެސް ޒިންމާއެއް ކަމަށް ބުނެފައި ވެއެވެ.

މުވައްޒަފުންގެ ޒިންމާ އަދާކުރުމުގައި، ފަރުވާކުޑަކޮށް އިހްމާލުވެ، ކުންފުނިން ދޭ ހިދުމަތްތަކަށް ބުރޫއަރާ، ކުންފުންޏަށް ގެއްލުންވަމުން ދާނަމަ، އެ މުވައްޒަފަކާ މެދު އަމަލު ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކެއް މުވައްޒަފުންނާ ބެހޭ ގަވައިދުގައި އޮންނަ ކަމަށް ފެނަކައިން ބުނެއެވެ.

މީގެ އިތުރުން އެ ނޫސް ބަޔާނުގައި ބުނީ، އެކުންފުންޏަކީ މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަމާއި މުވައްޒަފުންގެ ނަޒާހަތްތެރިކަން ފުރިހަމަ ގޮތުގައި ހޯދައިދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް