Advertisement
ކ. މާލެ
|
27 ޖެނުއަރީ 2019 | އާދީއްތަ 18:23
ރ މާކުރަތު
ރ މާކުރަތު
ގޫގްލް މެޕްސް
ރ. މާކުރަތު
މާކުރަތު އޮފީސްތައް ފަޅާލައި ނެގި ފައިސާގެ އަދަދު 100،000 އަށް ވުރެ ގިނަ
ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އެ ރަށު މީހުން

ރ. މާކުރަތު ކައުންސިލް އިދާރާ އާއި ރަށު ކޯޓުގެ އިތުރުން އެރަށު ހެލްތު ސެންޓަރު ފަޅާލައި ނެގި ފައިސާގެ އަދަދު 100,000 ދިވެހި ރުފިޔާއަށްވުރެ ގިނަވާނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ރ. މާކުރަތު ކައުންސިލްގެ ރައީސް ހަސަން އަލީ ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކައުންސިލުން 83،000 ރުފިޔާ ނަގާފައިވާ ކަމަށާއި އެ ރަށު ކޯޓުން 3،000 ރުފިޔާ އަދި ހެލްތް ސެންޓަރުން 16،000 ރުފިޔާ އާއި ގާތްކުރާ އަދަދަކަށް ފައިސާ ނަގާފައިވާ ކަމަށެވެ. ހަސަން އިތުރަށް ވިދާޅުވީ ފުލުހުން ހައްޔަރު ކުރި ހުރިހާ އެންމެންނަކީވެސް އެ ރަށަށް ނިސްބަތްވާ މީހުން ކަމަށެވެ.

ފުލުހުން ވަނީ މި މައްސަލާގެ ތަހުގީގަށް ފަހު، ކޯޓު އަމުރެއްގެ ދަށުން 38 އަހަރުގެ ފިރިހެންކާއި 34 އަހަރުގެ ފިރިހެނެއް ހޮނިހިރު ދުވަހުގެރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. މި މައްސަލާގައި މީގެ ކުރިން ހައްޔަރުކުރީ 21 އަހަރުގެ ދެ މީހުންނާއި، 19 އަހަރުގެ މީހަކާއި، 62 އަހަރުގެ މީހެކެވެ.

މާކުރަތުގެ ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ފަޅާލަފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް