Advertisement
ކ. މާލެ
|
27 ޖެނުއަރީ 2019 | އާދީއްތަ 01:22
މަބްރޫކް އަޒީޒް
މަބްރޫކް އަޒީޒް
މުހައްމަދު ޝަރުހާން
އެމްޑިޕީ ވޯކްޝޮޕް
މެމްބަރުން ނުފޫޒުން އެއްކިބާ ކުރުމަށް އެމްޑީޕީން އިސްލާހު ހުށަހަޅަނީ އިމްތިޔާޒުގެ ގާނޫނަށް
މެމްބަރުން ރައްޔިތުންނާ ބައްދަލު ކުރަން ލާޒިމުކޮށްފައިވޭ

ނުފޫޒާއި ކޮރަޕްޝަނުން މެމްބަރުން އެއްކިބާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށް ހާމަކޮށްފިއެވެ. އެކަން ހާމަ ކުރީ މްތިޔާޒައި ބެހޭ ގާނޫނަށް އެމްޑީޕީން ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލިސް އިންތިހާބުގައި ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ބްރައިޓް ވޭ އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި މަޖިލިސް ކެމްޕެއިންގެ ޕޮލިސީ ވާކްޝޮޕަށް އެ އިސްލާހުތައް "ކޮންސެޕްޓް ޕޭޕަރު"އެއްގެ ގޮތުގައި ހުށައަޅައި ދެއްވީ ފެލިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރި ކެނޑިޑޭޓް މަބްރޫކް އަޒީޒެވެ.

އެ ކަރުދާސް ހުށަހަޅުއްވަމުން މަބްރޫކް ވިދާޅުވީ، އެ އިސްލާހުގެ މައިގަނޑު ބޭނުމަކީ، ރައްޔިތުންގެ މެދުގައި މަޖިލީހާ މެދު ކެނޑިފައިވާ އިތުބާރު އަލުން ހޯދުން ކަމަށާއި ނަޒާހަތްތެރި މަޖިލީހެއް ހޯދުމަށް އެމްޑީޕީން ވެފައިވާ ވައުދަށް ގާނޫނީ ބާރު ހޯދައިދިނުން ކަމަށެވެ. އޭނާ ހުށަހެޅުއްވި ކަރުދާހުގައި މައިގަނޑު ތިން ކަމަކަށް ވަނީ އަލި އަޅުއްވާލައްވާފައެވެ.

އޭގެ ތެރޭގައި ހިމެނޭނީ، ރައްޔިތުންނާ ގާތުން މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރުމަށާއި ކޮރަޕްޝަން އެއްކިބާވެގެންވާ މެމްބަރުންތަކެއް މަޖިލީހުގައި ތިބުމާއި މަޖިލީހުގައި ހިނގާ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް ހާމަކޮށްދިނުމެވެ.

އެ ކަރުދާހުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލު ކުރާނެ މިނިމަމް ސްޓޭންޑަޑެއް ހަމަޖެއްސުމެވެ. އެ ކަރުދާހުގައިވާ ގޮތުން މަޖިލީހުގެ ކޮންމެ މެމްބަރަކު މަހަކު އެއްފަހަރު އެ ދާއިރާއެއްގެ ރައްޔިތުންނާ ބައްދަލު ކުރަންޖެހޭނެއެވެ. އެކަން އެންމެ ހަރުދާނަކޮށް ހިންގުމަށް އިދާރީ މުވައްޒަފަކު ކޮންމެ މަޖީލިސް މެމްބަރު އައްޔަން ކުރަންޖެހޭނެ ކަމަށް ވެސް އޭނާގެ ހުށަހަޅުމުގައިވެއެވެ.

'' އަދި އެ މުވައްޒިފުންނާއި މަޖިލީސް މެމްބަރާއި ގުޅިގެން ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރާ ގޮތުގެ ތާވަލެއް ހެދި އެ ތާވަލް ވާން ޖެހޭނީ މަޖިލީހުގެ ވެބްސައިޓްގައި ޕަބްލިޝް ކުރެވިފައި އޮންނަ އެއްޗަކަށް. ޖުމްލަ ގޮތަކަށް މި ކަމުގައި އަޅުގަނޑުމެންނަށް ފެންނަނީ ކޮންސެޕްޓަކީ މަޖީލީސް މެމްބަރުންގެ ޕާލިމެންޓްރީ އޮފީސް ހުންނަން ޖެހޭނެ ދާއިރާގައި ހެދިފައި .''

ކޮރަޕްޝަނާއި ނުފޫޒުން މަޖިލީސް މެމްބަރުން އެއްކިބާވެ ތިބުމުގެ ގޮތުން ހުށަހަޅަން ހަމަޖެހިފާއިވާ އިސްލާހުގައިވާ އެއްކަމަކީ މާލީ ބަޔާން ހުށައެޅުމުގެ އުސޫލެވެ. މިހާރުވެސް މަޖީލީސް މެމްބަރުން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އޮތަސް، އެ ކަމަށް އިތުރު ކަމެއް އެ ކަރުދާހުގައި ވަނީ އިތުރުކޮށްފައެވެ. އެއީ މެމްބަރުންގެ ދެމަފިރިންނާއި 18 އަހަރުން ދަށުގެ ދަރިންގެ މާލީ ބަޔާން ވެސް ހުށަހެޅުމެވެ.

''މިގޮތުން ފައިސާއާއި ބޭންކް އެކައުންޓާއި، ބިމާއި ، ބިމުގެ އެގްރީމެންޓް ތަކާއި، އައިލީ ވިޔަފާރިތަކާއި، ޝެއާ ބޮންޑު ސޮޓްކް ފަދަ ތަކެއްޗާއި، ހާއްސަ ޕާމިޓް ތަކައި، އަގުބޮޑު ގަހާނާ ތަކާއި މޮޓޯ ވެހިކަލްތަކުގެ ވާހަކަ އެ ބަޔާނުގައި ހުންނަން ޖެހޭނީ ހާމަ ކުރެވިފައި.'' އެ ބާޔާންވާން ޖެހޭނީ އޯޑިޓް ކުރެވިފައިވާ ބަޔާނަކަށް ވާންޖެހޭ ކަމަށްވެސް އެ ކަރުދާހުގައިވެއެވެ.

މަބްރޫކް ހުށަހެޅުއްވި ކަރުދާހުގައިވާ ގޮތުން، މެމްބަރުންގެ މަސައްކަތް ހުންނަން ޖެހޭނީ އާއްމުކޮށް ފެންނަން ޖެހޭ ގޮތަށެވެ. އެގޮތުން މެމްބަރުން ހާޒިރީ އާއި ވޯޓުލީ ގޮތާއި އެ މެމްބަރުންގެ ހުށަހެޅި ބިލްތައް ވެސް އެނގޭނެ ގޮތަށް ހަމަކުރަންޖެހޭނެ ކަމަށް މަރުހޫކް ހުށަހެޅުއްވި ކަރުދާހުގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް