Advertisement
ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 22:37
އިނގުރައިދޫ ދާއިރާގެ ޕްރައިމަރީގައި ކާމިޔާބު ކުރެއްވި އަހްމަދު ހުސައިން (ކ)
އިނގުރައިދޫ ދާއިރާގެ ޕްރައިމަރީގައި ކާމިޔާބު ކުރެއްވި އަހްމަދު ހުސައިން (ކ)
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
އަދާލަތުން ޕްރައިމަރީ ބޭއްވީ އިނގުރައިދޫ ދާއިރާގައި، ޓިކެޓު ހޯއްދެވީ އަހްމަދު ހުސައިން
އަދަލާތުގެ 675 މެމްބަރުން ވޯޓު ދެއްވި

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް ޕްރައިމަރީ ބޭއްވި ހަމައެކަނި ދާއިރާ ކަމުގައިވާ އިނގުރައިދޫ ދާއިރާގެ ޓިކެޓު އަހްމަދު ހުސައިން ހޯއްދަވައިފިއެވެ.

ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި، ވޯޓު ލުމުގެ ހައްގު ލިބިފައިވާ 810 މެމްބަރުންގެ ތެރެއިން 675 މެމްބަރުން ވަނީ ވޯޓުގައި ބައިވެރިވެފައެވެ. ދެ ކެނޑިޑޭޓުން ބައިވެރިވި ޕްރައިމަރީގައި އަހްމަދު ހުސައިންއަށް 360 ވޯޓު ލިބިވަޑައިގެންނެވި އިރު، އޭނާއާއި ވާދަކުރި އަލީ ޝަރީފްއަށް ލިބިވަޑައިގެންނެވީ 306 ވޯޓެވެ. އަހްމަދު ހުސައިނަކީ ރ.ކިނޮޅަސް ކައުންސިލްގެ ރައީސްއެވެ.

އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީން ވާދަކުރަން ނިންމާފައި ވަނީ ޖުމްލަ 13 އިންތިޚާބީ ދާއިރާއަކަށެވެ. އެ ދާއިރާތަކަކީ:

  1. ކެލާ ދާއިރާ
  2. ވައިކަރަދޫ ދާއިރާ
  3. ހަނިމާދޫ ދާއިރާ
  4. މަކުނުދޫ ދާއިރާ
  5. އިނގުރައިދޫ ދާއިރާ
  6. ކާށިދޫ ދާއިރާ
  7. މަހިބަދޫ ދާއިރާ
  8. މުލަކު ދާއިރާ
  9. ނިލަންދޫ ދާއިރާ
  10. ގަމު ދާއިރާ
  11. ފުވައްމުލަކު ދެކުނު ދާއިރާ
  12. ފޭދޫ ދާއިރާ
  13. މާފަންނު ދެކުނު ދާއިރާ

ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި އޮތް އަދާލަތު ޕާޓީން ކޯލިޝަންގެ ތެރެއިން އިންތިހާބަށް ވާދަކުރަން ނިންމާފައިވާ އިރު، ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވަނީ މަޖިލީހުގެ އެންމެ ދާއިރާއެއް ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް