Advertisement
ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 22:41
ރައީސް ސޯލިހު ލ. ޢަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ޜޭ
ރައީސް ސޯލިހު ލ. ޢަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ޜޭ
ރައީސް އޮފީސް
ރައީސް ސޯލިހު
ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ރައީސް ވަނީ ގަމުގެ ކައުންސިލާއި ބައްދަލުކުރައްވާފަ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު  މާލެވަޑައިގެންފިއެވެ.

ރައީސް ސޯލިހު ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގެންނެވީ، ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ރައީސް ސޯލިހު އަދި އަނބިކަނބަލުން ފަޒުނާ އަހުމަދު ލ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ލ. ގަމުގައި ޓީ. އެފް. ޖީ.ގެ ފަރާތުން ބޭއްވި މެރެތަން ދުވުން ރަސްމީކޮށް ފަށްޓަވައި ދެއްވައިފައެވެ. މީގެއިތުރުން ރައީސް ސޯލިހުގެ ދެކަނބަލުން ވަނީ ހޮނިހިރު ދުވަހު ބޭއްވި މެރެތަންގެ ފަސް ކިލޯމީޓަރު ދުވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.

އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހައްދުންމަތީގެ ބައެއް ކައުންސިލްތަކާއި ބައްދަލުކުރައްވައި ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. 

ލ.އަތޮޅު ގަމު ކައުންސިލުގެ މެންބަރުންނާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ކައުންސިލްގެ މަސައްކަތްތައް ކުރިޔަށްދާ ގޮތުގެ މަޢުލޫމާތު ރައީސްއާ ޙިއްޞާކުރައްވާފައެވެ.

 ކައުންސިލްގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ ކަންކަމުގެ މަޢުލޫމާތު އެމަނިކުފާނާ ޙިއްޞާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ގާދޫއިން ފޮނަދޫއަށް ބަދަލުކޮށްފައިވާ ފަރާތްތަކާއި ރައީސް ބައްދަލު ކުރައްވަނީ. ފޮޓޯ - ރައީސް އޮފީސް 

މީގެ އިތުރުން ރައީސް ސޯލިހު ވަނީ ގާދޫއިން ފޮނަދޫއަށް ބަދަލުކޮށްފައިވާ 23 ފަރާތަކާ ހޮނިހިރު ދުވަހު ހަވީރު ބައްދަލުކުރައްވައިފިއެވެ. އެ ބައްދަލުވުމުގައި އެ ފަރާތްތަކަށް ދަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ކަން ފާހަގަ ކުރައްވައި އެކަން ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދޭއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް