Advertisement
ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 19:50
ނޮޅިވަރަމުގައި މުޒާހަރާކުރަނީ
ނޮޅިވަރަމުގައި މުޒާހަރާކުރަނީ
ރާއްޖެ އެމްވީ
ނޮޅިވަރަމް
ނޮޅިވަރަމްގައި އެމްޓީސީސީން ކުރިއަށްގެންދިޔަ މަޝްރޫއުތައް ނުނިންމާ ފައިބަން މަސައްކަތް ކުރުމުން ރައްޔިތުން މުޒާހަރާކުރަނީ
ހައްލެއް ލިބެންދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް ކައުންސިލުން މައުލޫމާތު ދޭ

އެމްޓީސީސީން ހދ. ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ މަޝްރޫއުތައް ނުނިންމައި އެ ރަށުން ފައިބަން މަސައްކަތް ކުރުމުން ރައްޔިތުން ނުކުމެ މުޒާހަރާކުރަން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށުގެ ކައުންސިލަރު އިބްރާހިމް ނަސީރު ވިދާޅުވީ ބަނދަރުގެ ނެރުފައިކަށި ހެދުމުގެ މަސައްކަތާއި، ބަނދަރު މަތީގެ އަށް ފޫޓަށް ފޭވްމަންޓްގައި ގާ އެތުރުމާއި، ފުޓްބޯޅަ ދަނޑު އެއްވަރުގެ ކުރުމުގެ މަސައްކަތުގެ އިތުރުން ވާރޭ ވެހޭ ދުވަސްވަރު ރަށު ތެރޭ ފެންބޮޑުވާ މަގުތަކަށް ވެލި އެޅުމާއި, މަގު އެއްވަރުގެ ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތްތައް ނުނިންމައި މަސައްކަތް ކުރަން ބޭނުންކުރާ ތަކެތި ގެންދަން އުޅެން ފެށުމުން ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ މުޒާހަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ

ނަސީރު ވިދާޅުވީ އެ މަސައްކަތްތަކަކީ 2017 ވަނަ އަހަރު ފަހުކޮޅު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް ބަނދަރުގެ ނެރުފައިކަށި ހެދުން ފިޔަވައި އެހެން މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި، ދެން ހުރި މަސައްކަތުގެ އަމަލީ މަސައްކަތް ވެސް ފަށާފައިނުވާ ކަމަށެވެ. މި ހުރިހާ ދުވަހު މަސައްކަތް ނުފަށައި ދިގުދައްމާލީ ތަފާތު އެކި އުޒުރުތައް ދެއްކުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ މަސައްކަތް ނުނިންމައި ހުކުރު ދުވަހު ވެސް ރަށުން ފޭބުމަށް މަސައްކަތް ކުރުމުން ރަށު ރައްޔިތުން ނުކުމެ އެކަން ހުއްޓުވީ ކަމަށާއި، މަސައްކަތް ކުރުމަށް ބޭނުން ކުރި ސާމާނުތައް އެރުވުމަށް ރަށަށް ގެނައި ކޮޅުވެއްޓި ވެސް ރަށު ރައްޔިތުން ނުކުމެ ބަނދަރުން ބޭރުކުރީ ކަމަށެވެ.

މަސައްކަތް ނުނިންމާ އެމްޓީސީސީގެ މުއައްޒަފުން ދިއުމަށް މަސައްކަތް ކުރަނީ ބަނދަރުގެ ފައިކަށި ހެދުން ފިޔަވައި އެހެން މަސައްކަތެއް ކުރުމަށް އެގްރިމެންޓްކޮށްފައި ނުވާތީ ކަމަށް މިހާރު މި މަސައްކަތާ ހަވާލުވެ ހުރި ސްޕައިވައިޒަރު ބުނާ ކަމަށެވެ.

މީގެ އިތުރުން ނަސީރު ވިދާޅުވީ އަދިވެސް މަސައްކަތް ނުފަށާ ކަމަށާއި، ނަމަވެސް ބަނދަރުގެ މަސައްކަތް ކުރިއަށްދިޔައިރު ބަނދަރުގެ ބައެއް ލައިޓްތަކަށް އެފަރާތުގެ އިހުމާލުން ގެއްލުންވެފައިވާތީ އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަސީރު ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށާއި، ރައްޔިތުން ތިބީ މި މައްސަލައަށް ދޫދޭ ގޮތަށް ނޫން ކަމަށެވެ. އަދި ރައީސް ސޯލިހު އެރަށަށް ވަޑަގެންނެވި ދަތުރުފުޅުގައި މި މަސައްކަތްތައް ނިންމައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމަސައްކަތުގައި ހަވާލުވެ ހުންނެވި އެމްޓީސީސީގެ ސުޕައިވައިޒަރު ވިދާޅުވީ އެކަމާ ބެހޭ ގޮތުން އެއްވެސް ކޮމެންޓެއް ދޭން ބޭނުން ނުވާ ކަމަށެވެ.

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
26 ޖެނުއަރީ 2019 | ހޮނިހިރު 18:41
Mohamed
Bala mitiba moyainaa tibunaa nufashaa masakaitakakee agriment eh ovegen kuran hamajehifaivaa masakaitho, tifada masakaitakaki kunfuneege csr masakaitha, tikankamakee anga bahun bunegen vaa kankamehves noon, tirashu meehun tankolhe tahuzeebuvebala gamaaru kanmatee nutibe
26 ޖެނުއަރީ 2019 | ހޮނިހިރު 18:00
Leema
Rayyithunnah vaanuvaa neygigen ulhenee. Infrastructure ministry ah gos muzaaharaa kurun rangalhuvaane