Advertisement
ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 12:39
މިއަންހެން މީހާއަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުން
މިއަންހެން މީހާއަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުން
އަޒުމޫން އަހުމަދު
ހަށިގަނޑުގައި ރޯކޮށްލުން
ހަށިގަނޑުގައި ރޯކޮށްލި މީހާގެ ހާލު ސީރިއަސް، އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން!
އެމީހާގެ ހަށިގަނޑުގެ 70 އިންސައްތަ ވަނީ ފިހިފައި

އަމިއްލަ ހަށިގަނޑުގައި ރޯކޮށްލި ގދ.ގައްދޫ އަންހެން މީހާ އިތުރުފަރުވާއަށް މާލެ ގެނެސްފިއެވެ.

އާއިލާ ތެރޭގައި ދިމާވި މައްސަލައަކާ ގުޅިގެން، ނަފުސާނީ މައްސަލަ ހުންނަ އެ އަންހެން މީހާ އަމިއްލަ ގައިގައި ރޯކޮށްލީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އޭނާގެ ހަށިގަނޑުގެ 70 އިންސައްތަ ވަނީ ފިހިފައެވެ. 

މިމައްސަލައާ ގުޅިގެން ގައްދޫ ކައުންސިލްގެ މެމްބަރު އާމިރު އަބްދުﷲ ވިދާޅުވީ ގދ.ތިނަދޫ އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހުކުރު ދުވަހުގެ ރޭ 8:00 ހާއިރު މާލެ ގެނެސްފައިވާ ކަމަށެވެ. 

އާއިލާއާ ހަވާލީދީ އާމިރު ވިދާޅުވީ އެއަންހެންމީހާއަށް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި، އަދިވެސް އޭނާގެ ހާލު ސީރިއަސް ކަމަށެވެ. 

މީގެ އިތުރުން އާމިރު ވިދާޅުވީ މީގެ ކުރިން މިއަންހެން މީހާ އަމިއްލަ ހަށިގަނޑަށް އަނިޔާދީ މިފަދަ އެއްވެސް ކަހަލަ ކަމެއް ނުކުރާ ކަމަށާއި، އޭނާއަކީ ދެދަރިން ގޮވައިގެން ވަރަށް ރަނގަޅަށް ދިރިއުޅެމުން އަންނަ އަންހެނެއް ކަމަށެވެ.

އެ މީހާގެ ހުރީ ހަ އަހަރުގެ އަންހެން ކުއްޖަކާއި، 3 އަހަރުގެ ފިރިހެން ކުއްޖެކެވެ. މިހާރު އޭނާއަކީ އެކަނިވެރި މައެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް