Advertisement
ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 11:32
އިންޑިއާގެ އިސްބޭފުޅުންތަކާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
އިންޑިއާގެ އިސްބޭފުޅުންތަކާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
އެމްޑީޕީ
ފޮރިން މިނިސްޓަރ ޝާހިދު
އިންޑިއާއަކީ ޑިމަކްރަސީގެ ރީތި ނަމޫނާ މުޅި ދުނިޔެއަށް ދައްކާ ގައުމެއް: މިނިސްޓަރު ޝާހިދު
އިންޑިއާ ސަރުކާރާއި ރައްޔިތުންނަށް 70 ވަނަ ޖުމްހޫރީ ދުވަހު ތަޙުނިޔާ ވަނީ ފޮނުއްވާފައި
އިންޑިއާ، ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރާނެ

އިންޑިއާއަކީ ޑިމަކްރަސީގެ ރީތި ނަމޫނާ މުޅި ދުނިޔެއަށް ދައްކާ ގައުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް، ހަރ އެކްސަލެންސީ ސުޝްމާ ސުވަރާޖްއަށް ފޮނުއްވި ޚާއްސަ މެސެޖްގައެވެ.

މިނިސްޓަރު ޝާހިދު އެ މެސެޖުގައި އިންޑިއާ ސަރުކާރާއި ރައްޔިތުންނަށް އިންޑިއާގެ 70 ވަނަ ޖުމްހޫރީ ދުވަހު ތަޙުނިޔާ ވިދާޅުވެ، ރާއްޖެއާ އިންޑިއާ ދެޤައުމުގެ ޒަމާންވީ ގާތް ރަޙުމަތްތެރި ގުޅުމަށް އަލި އަޅުއްވާލައްވާފައިވެއެވެ.

މިފާއިތުވި ދުވަސްތަކަށްވުރެ، މިހާރު އިންޑިއާ ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި މިގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެކަމަށާއި، ސައުތު އޭޝިއާ ސަރަޙައްދުގެ ކުރިއެރުމާއި ތަރައްޤީއަށް އިންޑިއާއެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެ ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައިވެއެވެ.

އިންޑިއާއަކީ ޑިމަކްރަސީގެ ރީތި ނަމޫނާ މުޅި ދުނިޔެއަށް ދައްކާ ގައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ އިންސާނީ ހައްގުތަކާއި، މިނިވަންކަމާއި، ހަމަހަމަކަން އެންމެހާ ރައްޔިތުންނަށް އެގައުމުގެ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ކަމަށެވެ.

އިންޑިއާގެ ގާނޫނު އަސާސީ 1950 ވަނަ އަހަރު ތަސްދީގު ކުރި ދުވަހާ ގުޅިގެން ފާހަގަކުރާ ޖުމްހޫރީ ދުވަސް ކޮންމެ އަހަރު ވެސް އަންނަނީ ކުލަ ގޮތަކަށް ފާހަގަކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް