Advertisement
ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 11:31
ރައީސް ސޯލިހާއި އިންޑިއާގެ ޕްރައިމް މިނިސްޓާރ ނަރެންދްރަ މޯދީ
ރައީސް ސޯލިހާއި އިންޑިއާގެ ޕްރައިމް މިނިސްޓާރ ނަރެންދްރަ މޯދީ
މުހައްމަދު ޝަރުހާން
ރަަައީސް ސޯލިހް
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް މެސެޖެއް ފޮނުއްވައިފި
ރައީސް ވަނީ އިންޑިއާގެ ރައްޔިތުންނަށް ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގެންނަވާފަ

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދަށާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަހުނިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ޖުމްހޫރީދުވަހުގެ ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެވެ.

ރާއްޖެއާއި އިންޑިއާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއިން ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކައި ކޮށްދެއްވާ އަގުހުރި މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. މީގެއިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ދެގައުމުގެ އިގްތިޞާދީ، ސިޔާސީ އަދި ސަގާފީ ގޮތުން ގުޅުން ‏‏އިތުރަށް ބަދަހިވެގެންދާނެ‎‏ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ރައީސް މެސެޖް ނިންމަވާލައްވަމުން އިންޑިއާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަގްބަލަކަށް އެދިވަޑައިގެންފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް