Advertisement
ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 11:30
ދައުރުވަމުންދާ ވަގު ޑޮލަރުތަކެއް
ދައުރުވަމުންދާ ވަގު ޑޮލަރުތަކެއް
ޓްވިޓަރ
ވަގު ޑޮލަރު
ވަގު ޑޮލަރު ދައުރުވަމުންދާ ކަމުގެ ތުހުމަތުތަކެއް!
ދައުރުވަމުން ދަނީ 50 ޑޮލަރާއި 100 ޑޮލަރުގެ ވަގު ނޫޓް ތަކެއް

ވަގު ޑޮލަރުގެ ނޫޓްތަކެއް ދައުރުވަމުންދާ ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ބައެއް މީހުން ކަންބޮޑުވުންފާޅު ކުރަންފަށައިފިއެވެ.

މިހާރު ދައުރުވަމުންދާ ޑޮލަރު ނޫޓްގެ ފޮޓޯއާއެކު މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މާލޭގައި ވަގު ޑޮލަރުތަކެއް ދައުރުވަމުންދާ ކަމަށާއި، އާންމުން މިކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. މީގެ އިތުރުން ބައެއް މީހުން ބުނީ ދައުރުވަމުންދަނީ ވަރަށް ރަނގަޅު ފެންވަރެއްގައި ޗާޕުކޮށްފައިވާ 50 ޑޮލަރާއި 100 ޑޮލަރުގެ ވަގު ނޫޓް ކަމަށެވެ.

ވަގު ޑޮލަރު ނޫޓް ދައުރުވަމުންދާ ކަމަށް ބައެއް މީހުން ތުހުމަތުކުރި ނަމަވެސް ސަރުކާރު ކަމާ ބެހޭ އެއްވެސް މުއައްސަސާއަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ވަގު ޑޮލަރު ދައުރުވަމުން ދިއުމަކީ ދޭތެރެ ދޭތެރެއިން ދިމާވަމުން އަންނަ ބޮޑު މައްސަލައެކެވެ. އެގޮތުން މީގެ ފަސް މަސް ކުރިންވެސް ވަގު ޑޮލަރުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
26 ޖެނުއަރީ 2019 | ހޮނިހިރު 08:09
ކަމިސަން
ދެން ކިހާ ދެރަ ކަން ކަން ދޯ.