Advertisement
ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 08:02
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހޮސްޕިޓަލުގައި
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހޮސްޕިޓަލުގައި
މުހައްމަދު ޝަރުހާން
ކުރީގެ ނައިބު ރައީސް އަދީބު
އަދީބު އަނބުރާ ޖަލަށް ގެންގޮސްފި
އަދީބުގެ ހާލުދެރަވެގެން މާލެ ގެނެސްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ބޮލަށް އެނބުރުން އަރައިގެން ވެއްޓިގެން

ޖަލުގައި އޮންނަަވަނިކޮށް ހާލުދެރަވެގެން މާފުށިން މާލެ ގެނައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ފަރުވާ ދެއްވުމަށް ފަހު އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

ހުކުރު ދުވަހު ހެނދުނު އަދީބުގެ މާލެ ގެނެސްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ބޮލަށް އެނބުރުން އަރައިގެން ވެއްޓުމާ ގުޅިގެންނެވެ. އަދީބު ވެއްޓުމުން ވެސް ފަރުވާ ނުދީ ގިނަ އިރުތަކެއް ޖަލުގައި ބޭއްވި ކަމަށް އަދީބު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ އެމްޓީޑީގެ ޔާމިން ރަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

ހުކުރު ދުވަހު ހެނދުނު އަދީބު މާލެ ގެނައިއިރު ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ނިތްކުރި މަތިން ތަނެއް ވަރަށް ބޮޑަށް ދުޅަވެފައިވެ އެވެ. 

ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އަދީބު އަނބުރާ ޖަލަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހު އެވެ. އަދީބު ޖަލަށް ގެންދިއުމުން އާއިލާގެ ފަރާތުން ބުނެފައި ވަނީ އަދީބު ގެންދިޔައީ ޑޮކްޓަރުގެ ލަފަޔާ ހިލާފަށް ކަމަށެވެ. 

ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ އަދީބު، ބޭސްފަރުވާއަށް ގޭގައި ހުރުމަށް ފަހު އަނބުރާ ޖަލަށް ގެންދެވުނީ މި މެއި މަހުގެ ދެވަނަ ދުވަހުގައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް