Advertisement
ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 02:51
ރައީސް ސާލިހު މާވަށު ކައުންސިލާއި ބައްދަލުކުރެއްވުން
ރައީސް ސާލިހު މާވަށު ކައުންސިލާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސް ސާލިހުގެ ލ. އަތޮޅު ދަތުރުފުޅު
މާވަށު ކައުންސިލް ހިންގުމުގައި ހުރި ދަތިތައް ރައީސް ސާލިހާއި ހިއްސާކުރައްވައިފި
އެ އަތޮޅުގައި ފަތުރުވެރިކަންކުރާނެ ރިސޯޓެއް ޤާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު

ލ.މާވަށު ކައުންސިލް ހިންގުމުގައި ހުރި ދަތިތައް އެކައުންސިލުން ރައީސް އިބުރާހިމް މުހައްމަދުސާލިހާއި ހިއްސާކުރައްވައިފިއެވެ.

މާވަށު ކައުންސިލްއާއި ރައީސް ސާލިހު ބައްދަލުކުރެއްވީ، ޓީއެފްޖީ މެތަރަން އިފްތިތާހުކޮށްދެއްވުމަށް ލ އަތޮޅަށް ހުކުރުދުވަހު ކުރެއްވި ދަތުރުފުޅުގައި ހުކުރު ދުވަހުގެރެއެވެ.

މި ބައްދަލުކުރެއްވުމުގައި މާވަށު ކައުންސިލުގެ މެންބަރުން ވަނީ ކައުންސިލްގެ މަސައްކަތްތައް ކުރިޔަށްދާގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްޞާކުރައްވާފައެވެ. އަދި، ކައުންސިލްގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން ވެސް ވަނީ އެމަނިކުފާނާ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މިގޮތުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި މާވަށުގެ ރައްޔިތުންގެ ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމާއި، ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމުގެ ގޮތުން އަތޮޅުގައި ފަތުރުވެރިކަންކުރާނެ ރިސޯޓެއް ޤާއިމުކުރުމާއި، ސްކޫލް އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއިބެހޭ ގޮތުން އަދި ސިއްޙީ ހިދުމަތްތައް ރަނގަޅުކުރުމާއި ކުޅިވަރު ތަރައްޤީކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ސަރުކާރާއި ކައުންސިލާއި ގުޅިގެން ރަށުގެ ތަރައްގީއަށް މަސައްކަތްކުރައްވައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރެއްވުމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ.

މާވަށު ކައުންސިލުގެ ފަރާތުން ވަނީ މިސަރުކާރާއި ގުޅިގެން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައިކަމަށް ރައީސް އޮފީހުުން މައުލޫމާތުދެއެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް