Advertisement
ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 02:59
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ތަގްރީރް ކުރައްވަނީ
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ތަގްރީރް ކުރައްވަނީ
މުހައްމަދު ޝަރުހާން
އދ.ގެ ސެކިއުރިޓީ ކައުންސިލް ބައްދަލުވުން
މޫސުމީ ބަދަލުތަކަށް ހައްލެއް ބޭނުން، ދެން މަޑުކުރެވޭކަށެއް ނެތް: ޝާހިދު
މޫސުމީ ބަދަލަށް ދާއިމީ ހައްލެއް ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވި

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވާ ކަންތައްތަކަށް ހައްލެއް ބޭނުންވާ ކަމަށާއި، ދެން އިތުރަށް މަޑުކުރެވެން ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ބައިނަލްއަގްވަމީ ސުލްހަޔާއިި ގުޅޭގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ބޮޑު ނުރައްކަލެއް އެބައޮތް ކަމަށާއި، ރާއްޖޭގެ ރީތީ މުރަކަތައްވެސް ނެތި، ހަލާކުވަމުންދާކަމަށެވެ. އެކަމަށް ހައްލެއް ބޭނުންވާކަން ފާހަގަކޮށް، މިނިސްޓަރ ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލު ތަކާއިބެހޭ ގޮތުން 2007 ވަނަ އަހަރު ބޭއްވި ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި ވެސް އެވާހަކަ ދެއްކެވިކަމަށެވެ.

''އަބަދު މިހެން ކެށްކޮށްގެން ރާއްޖެ އަކަށް ނުތިބެވޭނެ. އަހަރުމެން އެބަ ޖެހޭ މިކަމަށް ފިޔަވަޅު އަޅަން. މިކަމަށް ދާއިމީ ހައްލެއް ބޭނުން. އަހަރުމެން އެންމެން އެއްބަސްވާން އެބަޖެހޭ ދުނިޔޭގެ ސުލްހައަށާއި ސެކިއުރިޓީ އަށް އަސަރު ކުރާކަން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން'' ޝާހިދު ވިދާޅުވިއެވެ. 

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސާފު ފެނާއި މޫދު ފެނާއި އެކުވެ ތަޢައްޔަރުވެ އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެވާހަކަ އަށް ބާރު ދެމުން ޝާހިދު ވިދާޅުވީ، މި ހުރިހާ ކަމެއްގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ އަތުން އެމީހުންގެ ގެދޮރު ހިނގައިދާނެ ކަމުގެ ބިރު ބޮޑު ކަމަށެވެ.  

ކަނޑުގެ ލޮނުގަނޑު ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ދިމާވާ ކަންތައްތަކަށް އިޝާރަތް ކުރައްވާ ޝާހިދު ވިދާޅުވީ، އިތުރަށް ދެ މީޓަރު ކަނޑުގެ ލޮނުގަނޑު އުފުލޭ ހިސާބުން ރާއްޖެ އަޑިއަށްދާނެ ކަމުގެ ބިރުހީވެފައިވާ ކަމަށާއި، އޭގެ ސަބަބުން ގައުމެއް އެއްކޮށް ދިޔުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއް ނޫންކަމަށެވެ.  

ޕެރިސް އެގްރީމެންޓަށް އަލިއަޅުވާލަމުން ޝާހިދު ވިދާޅުވީ، އެ އެގްރީމެޓްގައިވާ ކަންތައްތައް ހާސިލްވާން ޖެހޭ ކަމަށެވެ. އަދި މީގެ އިތުރުން ރައީސް ނަޝީދު ބައިވެރިވެވަޑައިގަތް ކޮޕް 24 ސަމިޓް ގައި ގައުމުތަކުގެ ލީޑަރުން އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރެއިން, ދުނިޔޭގެ ހޫނުމިން ދެ ޑިގްރީ ސެލްޝިޔަސް އަށް ވުރެ ދަށް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް