Advertisement
ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 23:31
މި ވާކްޝޮޕް ބާއްވަނީ ހުޅުމާލޭގައި
މި ވާކްޝޮޕް ބާއްވަނީ ހުޅުމާލޭގައި
ޓްވިޓަރ
އެމްޑީޕީ
އެމްޑީޕީން މަޖިލިސް ކެމްޕެއިންގެ ޕޮލިސީ ވާކްޝޮޕް ހޮނިހިރު ދުވަހު
ވާކްޝޮޕް ކުރިއަށްދާނީ، ހޮނިހިރު ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން ރޭގަނޑު 20:00 އަށް

އެމްޑީޕީން މަޖިލިސް ކެމްޕެއިންގެ ޕޮލިސީ ވާކްޝޮޕް މާދަމާ ބޭއްވުމަށް ނިންމާފައިވާކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީން ބުނީ، މި ވާކްޝޮޕްގައި މަޖިލިސް އިންތިޚާބަށް އެޕާޓީން ވާދަކުރައްވާ ކެނޑިޑޭޓުންނާއި، ގައުމީ މަޖިލީހުގެ ބޭފުޅުންނާއި، އެ ޕާޓީގެ ކޮމިޓީތަކުގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.

ރައީސް އިބުރާހިމް މުހައްމަދު ސާލިހާއި، އެމްޑީޕީގެ ރައީސް، މުހަައްމަދު ނަޝީދާއި ދެބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ހުޅުމާލޭ ބްރައިޓް ވޭ އިންޓަނޭޝަނަލް ސްކޫލްގައެެވެ. ވާކްޝޮޕް ކުރިއަށްދާނީ، ހޮނިހިރު ދުވަހުގެ ހެނދު 11.00 އިން ފެށިގެން ރޭގަނޑު 20.00 އަށް ކަމަށް އެޕާޓީން ބުންޏެވެ.

އެމްޑީޕީން ބުނީ ކުރިއަށް އޮތް މަޖިލިސް ކެމްޕެއިނަށް ކެނޑިޑޭޓުން ނުކުންނަވާއިރު ނުކުންނަވާނީ ރައްޔިތުންނަށް ފައިދާހުރި ޕޮލިސީ ތަކާއިއެކުގައި ކަމަށް ވުމާއިއެކު އެކަންކަން ކުރާނެގޮތުގެ މަޝްވަރާއާއި އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކެއްގެ މަޝްވަރާތައްެވެސް މި ވާކްޝޮޕްގައި ކުރިއަށް ގެންދާނެކަމަށެވެ.

މި ވާކްޝޮޕް ފައްޓަވައި ދެއްވާނީ ރައީސް ނަޝީދެވެ. އަދި ނިންމާލެއްވުމުގެ ގޮތުން ރައީސް ސާލިހު ވާހަކަފުޅު ދައްކެވުމަށް ވަނީ ހަމަޖެހިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް