Advertisement
ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 19:32
ވޯޓާރ ސޯލިއުޝަން އިން ތައްޔާރު ކުރީ ޑޮކިއުމެންޓަރީ ހެރިޓޭޖް މިނިސްޓްރީއާ ހަވާލު ކުރަނީ
ވޯޓާރ ސޯލިއުޝަން އިން ތައްޔާރު ކުރީ ޑޮކިއުމެންޓަރީ ހެރިޓޭޖް މިނިސްޓްރީއާ ހަވާލު ކުރަނީ
މާލެ ހުކުރު މިސްކިތް
މާލޭ ހުކުރު މިސްކިތުގެ ވީޑީއޯ ޑޮކިއުމެންޓަރީއެއް ތައްޔަރުކޮށްފި
ވީޑިއޯ ހަދާފައިވަނީ އެންމެ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން
400 ގަޑިއަށްވުރެ ގިނަ ވަގުތު ވަނީ މި މަސައްކަތުގައި ހޭދަކޮށްފައި

ތިމާވެއްޓާއި ސާރވޭ ކުރުމުގެ ހިދްމަތް ދޭ ވޯޓަރ ސޮލިއުޝަނުން ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން މާލޭ ހުކުރު މިސްކިތުގެ ހަރިންމާގައި ހިމެނޭ ސަރަހައްދާއި ބެހޭ ގޮތުން ދިރާސާ ވީޑީއޯ ޑޮކިއުމެންޓްރީއެއް ތައްޔާރު ކޮށްފިއެވެ.

ބުރާސްފަތި ދުވަހު މި ވީޑިއޯ ޑޮކިއުމެންޓްރީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްއާ ހަވާލުކޮށްފައެވެ. މި ޑޮކިއުމެންޓަރީއާ ހެރިޓޭޖް މިނިސްޓްރީން ހަވާލުވެލެއްވި މިނިސްޓަރު ޔުމްނާ މައުމޫނުއެވެ.

ވީޑިއޯ ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ، ތަރިކަ ކިތާބު ކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި ޒުވާނުންގެ ބައިވެރިވުމާއި އަމިއްލަ ފަރާތްތަކުގެ ''ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ''  މަސައްކަތްތަކަކީ، ތަރިކަ ރައްކާތެރިކުރުމުގެ ދާއިރާ އަށް ލިބިގެންދާ ކުރިއެރުމެއް ކަމަށެވެ. ޔުމްނާ ވަނީ އެކުންފުނި ކުރި މަސައްކަތައް ޝުކުރު އަދާކޮށްފައެވެ. 

މި މަސައްކަތަކީ ވޯޓަރ ސޮލިއުޝަންސް ގެ ސީ.އެސް.އާރ ގެ ދަށުން މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްއާއެކު 2018 ވަނަ ހެދި އެގްރީމެންޓެއްގެ ދަށުން ދެފަރާތް ގުޅިގެން މާލޭ ހުކުރު މިސްކިތް ފަދަ ދިވެހިރާއްޖޭގެ މުހިއްމު އާސާރީ ސަރަހައްދެއްގެ މައުލޫމާތު ގިނަ ދުވަހަށް ދެމި ހުންނާނެ ގޮތައް ތައްޔާރު ކޮށް، އެ ތަކެތި އާންމުންނަށް ފަސޭހަ ލިބޭނެ މަގުފަހިކޮށްދިނުމުގެ ކުރެވުނު މަސައްކަތެއް ކަމަށް ހެރިޓޭޖް މިނިސްޓްރީން މައުލޫމާތުދެއެވެ.

ވޯޓަރ ސޮލިއުޝަން އިން ހަދާފައިވާ ޑޮކިއުމެންޓަރީގެ ޕޯސްޓަރެއް - ފޮޓޯ - ހެރިޓޭޖް މިނިސްޓްރީ 

މި ސާރވޭގެ ސަބަބުން މިފަދަ އާސާރީ މިހާރު ހުކުރު މިސްކިތުގައި ހިރިގަލުން ހަދާފައިވާ ތަންތަނުގެ ހުރިހާ ލިޔެކިޔުންތަކާއި، ކެނޑުންތަކުގެ އިތުރުން އެހެނިހެން ތަފްސީލްތައް ކުރަހާލެވި ވަނީ ޑިޖިޓަލްކޮށް ރައްކާ ކުރެވިފައިވާ ކަމަށް އެމިނިސްޓްރީ މައުލޫމާތުދެއެވެ.  

ހެރިޓޭޖް މިނިސްޓްރީ ބުނީ، މިސްކިތުގައި ލަކުޑިން ހަދާފައިވާ ބައިތަކުގެ ހަލާކުވެފައިވާ ތަންތަނާއި، މަރާމާތުކުރަން ބޭނުންވާ ތަންތަން މިހާރު އަސްލު ހުރިގޮތަށް ވަނީ ސްކޭންކޮށް ރައްކާކުރެވިފައިވާ ކަމަށެވެ.

ވޯޓަރ ސޮލިއުޝަން އިން ހަދާފއިވާ ސާރވޭގެ ސަބަބުން ކުރަހާ މީހުންނާ، ޑިޒައިނަރުންނަށް އެ މިސްކިތުގެ އަސްލު ކުރެހުމުގެ ޗާޓު ފޯރުކޮށްދެވޭނެ މަގު މިހާރު ހޯދާދެވިފައިވާ ކަމަށް  ހެރީޓެޖް މިނިސްޓްރީން މައުލޫމާތުދެއެވެ.  

މި ޑޮކިއުމެޓްރީ ތައްޔާރުކުރުމަށް ވޯޓަރ ސޮލިއުޝަންސް އިން ހަމަސް ދުވަސް ހޭދަކޮށްފައިވާއިރު، އެ ކުންފުނީގެ ޓެކްނިކަލް ސްޓާފުން 400 ގަޑިއަށްވުރެ ގިނަ ވަގުތު ވަނީ މި މަސައްކަތުގައި ހޭދަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް