Advertisement
ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 15:18
މާލެ ޖަލު
މާލެ ޖަލު
ފޭސްބުކް
މާލެ ޖަލު
މާލޭ ޖަލުގައި ގައިދީންނަށް ފަރުވާ ދިނުމަށް ރަނގަޅު ނިޒާމެއް ނެތް: ކޮމިޝަން
ސިއްހީ ގިނަ މައްސަލަތައް ދިމާވެފައިވާ ގިނަ އަދަދެއްގެ ގައިދީން އެބަތިބި
ޑޮކްޓަރެއް ގާއިމްވެ ނުހުރޭ

މާލޭ ޖަލުގައި ގައިދީންނަށް ފަރުވާ ދިނުމަށް ރަނގަޅު ނިޒާމެއް ނެތް ކަމަށް ޖަލުތަކުގެ ހާލަތު ބެލުމަށް އުފައްދާފައިވާ، ކޮމިޝަން އޮފް ޕްރިޒަން އޮޑިޓުން ބުނެފިއެވެ.ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ ސިއްހީ ގިނަ މައްސަލަތައް ދިމާވެފައިވާ ގިނަ އަދަދެއްގެ ގައިދީން މާލޭގެ ޖަލުގައި އެބަ ތިބި ކަމަށާއި، ނަމަވެސް އެތާގައި ޑޮކްޓަރަކު ގާއިމްވެ ނުހުންނަ ކަމަށެވެ. އަވަހަށް ސިއްހީ ފަރުވާ ދޭނެ ވަސީލަތްތައް މަދުކަން ވެސް މިބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މިހާރުގެ ހާލަތަށް ބަލާއިރު، ކުއްލި ސިއްހީ މައްސަލައެއް ގައިދީއަކަށް ދިމާވެއްޖެނަމަ، ގައިދީއަކު އެންމެ އަވަހަށް ގޮޅިން ނެރެ، ފަރުވާ ދެވޭނީ މަދުވެގެން 30 މިނެޓެއް ހާއިރު ފަހުން ކަމަށް ކޮމިޝަން އޮފް ޕްރިޒަންއިން ބުންޏެވެ. 

ޖަލުގެ ޖާގައަށް ވުރެ އިތުރަށް ގައިދީން ބަންދުކޮށްފައިވާކަން ފާހަގަކޮށް، މިބަޔާނުގައި ބުނެފައިވަނީ ދެ މީހުންގެ ޖާގައިގެ ގޮޅިތަކުގައި ހަތަރު މީހުން ތިބިއިރު ހަތަރު މީހުންގެ ޖާގައިގެ ގޮޅިތަކުގައި 10 މީހުން ތިބި ކަމަށެވެ.

މީގެ އިތުރުން މާލޭ ޖަލުގައި މުވައްޒަފުންގެ ދަތިކަން ހުރިއިރު ޖަލު ބަލަހައްޓާ އޮފިސަރުންގެ ޔުނީފޯމް އައިޓަމްސް އެކަށީގެންވާ ގޮތަކަށް ބެހެއްޓުމަށް ވެސް ޖަލުގެ ތެރޭގައި ޖާގަ ނެތް ކަމަށް ބަޔާނުގައިވެއެވެ.

ޖަލުތަކުގެ ހާލަތު ބަލައި، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަކީ އާ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޖަލުތަކުގެ ހާލަތު ވަރަށް ދަށްވެ، ގިނަ ގައިދީން ޖަލުގައި ވަނީ މަރުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް