Advertisement
ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 12:17
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
މުހައްމަދު ޝަރުހާން
އަހުމަދު އަދީބު
ހާލު ދެރަވެގެން އަދީބު މާލެ ގެނެސްފި
އަދީބު މާލެ ގެނެސްފައިވާނީ ސްޓްރެޗަރ ގައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާލު ދެރަވެގެން އެމެޖެންސީގައި މާލެ ގެނެސްފިއެވެ.

އަދީބު މިހާރު ނިސްބަތްވާ ސިޔާސީ ޕާޓީ، އެމްޓީޑީގެ ނައިބު ރައީސް ޔާމިން ރަޝީދު ވިދާޅުވީ އަދީބު މާލެ ގެނެސްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ބޮލަށް އެނބުރުން އަރައިގެން ވެއްޓިގެން ކަމަށެވެ. އަދީބު ވެއްޓުމުން ވެސް ފަރުވާ ނުދީ ގިނަ އައިރުތަކެއް ޖަލުގައި ބޭއްވި ކަމަށް ޔާމީން ތުހްމަތުކުރެއްވެވި އެވެ.

ވެލިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޔާމިން ވިދާޅުވީ ކުރިންވެސް ޑޮކްޓަރުން އޮތީ ބާރުގަދަ ބޭސްތަކެއް ކުރަމުން ގެންދާތީ އެނބުރުން އަރާނެކަމަށް ބުނެފައި ކަމަށާއި އަދީބުއާއެކީ އަބަދުވެސް އެހީތެރިޔަކު ހުރުމަށް އިރުޝާދު ދެއްވާފައި ކަމަށެވެ.

ހުކުރު ދުވަހު ހެނދުނު އަދީބު މާލެ ގެނައިއިރު ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ނިތްކުރި މަތިން ތަނެއް ވަރަށް ބޮޑަށް ދުޅަވެފައިވެ އެވެ. 

ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އަދީބު އަނބުރާ ޖަލަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހު އެވެ. އޭގެ އަދީބު ޖަލަށް ގެންދިއުމުން އާއިލާގެ ފަރާތުން ބުނެފައި ވަނީ އަދީބު ގެންދިޔައީ ޑޮކްޓަރުގެ ލަފަޔާ ހިލާފަށް ކަމަށެވެ. 

ނަމަވެސް ސަރުކާރުން ބުނެފައިވަނީ އަދީބާމެދު އަމަލުކޮށްފައިވަނީ ގާނޫނާއި އުސޫލްތަކާ އެއްގޮތަށް ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 ޖެނުއަރީ 2019 | ހުކުރު 13:20
ހ މ ޒ
ވެރިކަން ކުރާ ކޯލިޝަންގައި މި ވަގުތު ކުރަކިކަމެއް ހުއްޓަސް، އަދި އެކަންކަން ރަނގަޅުވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު، އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
25 ޖެނުއަރީ 2019 | ހުކުރު 10:38
އިސްމާލް
މުލީ ރާއްޖޭގެ މަލިއްޔާތު އެވަރަށް ބޭނުންކޮށްފަހުރި މީހެއް ހިއެއްނުވޭ އަދި ހުރިހެން، އޭނާ ފުދޭވަރަކަށް ގިނަ ދުވަހު ބަހައްޓަންފެނޭ... ކޮންމެވެސް ދޫނުކޮށްލާތި.........
25 ޖެނުއަރީ 2019 | ހުކުރު 08:17
ޖަލުގެބޭނުމަކީ
އެއީޔޭ ޖަލުގެބޭނުމަކީ، އަރާމުކުރާކަށްނޫނޭ!