Advertisement
ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 12:10
ގދ. ގައްދޫ
ގދ. ގައްދޫ
ގޫގްލް މެޕްސް
ގދ.ގައްދޫ
އަމިއްލަ ހަށިގަނޑުގައި ރޯކޮށްލި މީހާގެ ހާލު ސީރިއަސް، މާލެ ގެނެއުމަށް ފްލައިޓް ހަމަ ނުޖެހޭ!
އެމީހާގެ ހަށިގަނޑުގެ 70 އިންސައްތަ ވަނީ ފިހިފައި
އޭނާގެ ހާލު ދަނީ އިތުރަށް ދަށްވަމުން

އަމިއްލަ ހަށިގަނޑުގައި ރޯކޮށްލި ގދ.ގައްދޫ އަންހެނަކު ހާލު ސީރިއަސް ކަމަށާއި، އިތުރު ފަރުވާއަށް މާލެ ގެނެއުމަށް ފްލައިޓް ހަމަ ނުޖެހޭ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ގައްދޫ ކައުންސިލްގެ މެމްބަރު އާމިރު އަބްދުﷲ ވިދާޅުވީ އާއިލާ ތެރޭގައި ދިމާވި މައްސަލައަކާ ގުޅިގެން، ނަފުސާނީ މައްސަލަ ހުންނަ އެ އަންހެން މީހާ އަމިއްލަ ގައިގައި ރޯކޮށްލީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އޭނާގެ ހަށިގަނޑުގެ 70 އިންސައްތަ ފިހިފައިވާ ކަމަށާއި އުތުރު ފަރުވާ ދިނުމަށް ގދ.ތިނަދޫ އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ގޮސްފައިވާ ކަމަށެވެ. 

ޑޮކްޓަރުންނާއި ހަވާލާދީ އާމިރު ވިދާޅުވީ އަންހެން މީހާގެ ހާލު ދަނީ އިތުރަށް ދަށްވަމުން ކަމަށާއި، އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ފަރުވާއަށް ވީ އެންމެ އަވަހަށް އަންހެން މީހާ މާލެ ގެނައުމަށް އާއިލާއިން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރު ފަރުވާއަށް މާލެ ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިމި، އާސަންދަ ހަމަޖެހިފައިވާކަން ފާހަގަކުރައްވައި އާމިރު ވިދާޅުވީ މާލެއަށް ގެންނަން އަދިވެސް ފްލައިޓެއް ހަމަ ނުޖެހޭ ކަމަށެވެ. ފްލައިޓެއް ހަމަޖެހުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، އަދި ވެސް އެކަން ކާމިޔާބުނުވާތީ އާއިލާއިން ވަރަށް ބޮޑު ކަންބޮޑުވާ ކަމަށެވެ.

މީގެ އިތުރުން އާމިރު ވިދާޅުވީ މީގެ ކުރިން މިއަންހެން މީހާ އަމިއްލަ ހަށިގަނޑަށް އަނިޔާދީ މިފަދަ އެއްވެސް ކަހަލަ ކަމެއް ނުކުރާ ކަމަށާއި، އޭނާއަކީ ދެދަރިން ގޮވައިގެން ވަރަށް ރަނގަޅަށް ދިރިއުޅެމުން އަންނަ އަންހެނެއް ކަމަށެވެ.

"ދާއިމީ ބަލި މީހެއް. އެކަމަކު ވަރަށް މަސައްކަތް ތެރިވާނެ. އަމިއްލަ އަށް ވަލަށް ވަދެ މަދު ހޮވާނެ، ފަން ކަނޑައިގެން އިލޮށިފަތި އެއްޗެހި ހަދައިގެން ވިއްކާ. އަމިއްލައަށް ރުފިޔާ ހޯދާނީ ވެސް" އަމީރު ވިދާޅުވިއެވެ.

އެ މީހާގެ ހުރީ ހަ އަހަރުގެ އަންހެން ކުއްޖަކާއި، 3 އަހަރުގެ ފިރިހެން ކުއްޖެކެވެ. މިހާރު އޭނާއަކީ އެކަނިވެރި މައެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 ޖެނުއަރީ 2019 | ހުކުރު 12:49
Ahmed
Thee serious massala eh. Thikan eyna koffai vaa sababu balan jeheyne.