Advertisement
ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 11:40
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
އިންޑިޕެންޑެންޓް.ޔޫކޭ
ރައީސް ނަޝީދު
ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
ކަޅު ފައިސާ ދައުރުވި ތަފްސީލު ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެބަހުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ޖަރީމާތަކުގެ ތެރެއިން ކަޅު ފައިސާ ރާއްޖޭގެ އެކައުންޓްތަކަށް ވަން ގޮތުގެ ތަފްސީލީ މައުލޫމާތު ބަންޑާރަ ނައިބުގެ އަތްޕުޅުގައި މިހާރު އެބަހުރި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު އިނގިރޭސި ވިލާތަށް އަރުވާލެވިގެން ހުންނެވި ދުވަސްވަރު ރާއްޖޭގެ އެކައުންޓްތަކަށް ވަން ކަޅު ފައިސާގެ މައުލޫމާތު ލިބިވަޑައިގެންނެވީ، ލިބިވަޑައިގެންނެވި ދެ ފޯނާއި ލަޕްޓޮޕަކުންކަމަށެވެ. އޭގައި ހުރި މައުލޫމާތު ފޮރެންސިކް އެކައުންޓެންޓަކާ ހަވާލުކޮށްފައިވާ ކަމަށާއި ކަޅު ފައިސާ ދައުރުވި ގޮތުގެ މައުލޫމާތުގެ ތަފްސީލު ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެބަހުރި ކަމަށެވެ. 

"އިނގިރޭސި ވިލާތަށް ވަޑައިގަތް ފަހުން އަޅުގަނޑަށް މައުލޫމާތު ލިބިއްޖެ ދެ ފޯނާއި ލަޕްޓޮޕެއްގައި ހުރި މައުލޫމާތު. ދެން އެ މައުލޫމާތު އަނެއްކާ އަޅުގަނޑު ހަވާލުކޮށްފިން ފޮރެންސިކް އެކައުންޓެންޓަކާ. ވަރަށް ބޮޑަށް އޭގެ ތަފްސީލު އެބަހުރި އިނގޭތޯ ވަރަށްބޮޑަށް ތަފްސީލު އެބަހުރި. ބަންޑާރަ ނައިބުގެ އަތްޕުޅުގައި އެތަކެތި އެބަހުރި. އަޅުގަނޑު އުއްމީދު ކުރަނީ ބަންޑާރަ ނައިބު ތަހުގީގުގައި އެހީތެރިކަން ދެއްވާނެ ކަމަށް ފުލުސް އޮފީހަށްވެސް އަދި ބޭރުން ހޯދަންޖެހޭ އެކިއެކި ބާވަތުގެ މާހިރުންވެސް ހޯއްދަވައިގެން ފުރިހަމަ ތަހުގީގެއް ހިންގަވާނެކަމަށް،" ނަޝީދު ވިދާޅުވިއެވެ.

އަލް ޖަޒީރާ އިން ރާއްޖެއާ ބެހޭ ގޮތުން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އާންމުކުރި "ސްޓީލިން ޕެރެޑައިސް"ގައި ވެސް ވަނީ ރާއްޖެ މެދުވެރިކޮށް 1.5 ބިލިއަން ޑޮލަރުގެ ކަޅު ފައިސާ ދޮންނަން އުޅުނު ކަމަށް ބުނެފައެވެ.  މެލޭޝިޔާ ރައްޔިތަކާއި ދިވެހި ސަރުކާރުގެ ބައެއް އޮފިޝަލުން ހިމެނޭ ގޮތަށް "ޓްރަސްޓް" ކުންފުންޏެއް އުފައްދައި ކަޅު ފައިސާ ދައުރުކުރުމަށް ކުރި މުއާމަލާތްތައް ހިމެނޭ އީމެއިލްތައް އެޑޮކިއުމެންޓްރީގައި ހިމަނާފައި ވެއެވެ. އަދި ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ރާއްޖެ ގެނެސް މަރުކަޒީ ބޭންކު މެދުވެރިކޮށް "ދޮންނަން" އުޅުނު ކަމަށް ތުހުމަތުކޮށްފައިވެއެވެ. 

ކުރީގެ ރައީސް ޔާމީން ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ 800 މިލިޔަން ޑޮލަރުގެ ތެލު "ވަގު" ވިޔަފާރީގެ މައްސަލައަށް އިޝާރަތް ކުރައްވައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ވެރިކަން ބަދަލުކުރި ދުވަހަކީ އެ މައްސަލަ ސިންގަޕޫރުގެ ކޯޓަށް ހުށަހަޅަން އޮތް ދުވަސް ކަމަށެވެ. 

"އެ މަސައްކަތް ހިނގަމުންދިޔައީ ވަރަށް މަޝްހޫރު ފޮރެންސިކް އޮޑިޓިން ކުންފުންޏެއް، ގްރާން ތޯންޓަން ކިޔާ. ދެން އެ ބޭފުޅުންގެ ފަހު ރިޕޯޓު ހުށައަޅަން އޮތީ ފެބްރުއަރީ 7 2012 ވަނަ ދުވަހު. އެއީ ސިންގަޕޫރުގައި ހުރިހާ ކަމެއް ނިމި އެންމެ ފަހުން އައިސް މި މައްސަލަ ރަނގަޅަށް ޝަރީއަތަށް ހުށައަޅަން އޮތް ދުވަސް. އެދުވަހު އެނގިވަޑައިގަންނަވާނެ ކަންތައްތައް ވެދިޔަ ގޮތް. އެ ދުވަހު ސަރުކާރު ވެއްޓުނީ،" ނަޝީދު ވިދާޅުވިއެވެ. 

އެ މަނިކުފާނުގެ ވެރިކަން ނިމުމަށްފަހު ވެސް މައްސަލަ ސިންގަޕޫރުގެ ކޯޓަށް ހުށައެޅެން އޮއްވާ މައްސަލަ އަނބުރާ ދިވެހި ސަރުކާރުން ގެނައީ 10 މިލިއަން ޑޮލަރު ދިނުމަށް ފަހު ކަމަށް ނަޝީދު ވަނީ މީގެ ކުރިން ވެސް ވިދާޅުވިއެވެ.  

ޔާމިން ހިންގާފައިވާ ކަމަށް ތުހްމަތުކުރަ 800 މިލިޔަން ޑޮލަރުގެ ތެލުގެ "ވަގު ވިޔަފާރި"ގެ މައްސަލައިގައި ޔާމީން އާއި އިތުރު ނުވަ ފަރާތެއްގެ މައްޗަށް ސިންގަޕޫރުގެ ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔަ ލިޔުން ވަނީ ލީކްވެފައި އެވެ.  

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގައި ހިނގާފައި ހުރި ކަންތައްތައް ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށާއި އަދި މިދައުރުގައި އެކަންތައްތައް ހިނގަންޖެހޭ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 ޖެނުއަރީ 2019 | ހުކުރު 10:46
ހ މ ޒ
1 ފެބްރުއަރީގެ ކޯޓު އަމުރުގައި ވަގުތުން ދޫކޮށްލަންޖެހޭ ސިޔާސީ މީހުންގެ ލިސްޓުގައި އަދީބުގެ ނަން އޮތްއިރު އެއަމުރު ތަންފީޒުނުކުރެވިގެން ތެޅުނު މީހުން ވެރިކަމަށް އައިސް އެއަމުރުގެ އެއްބައި ތަންފީޒުނުކޮށް ދޫކޮށްލީ ކޮންގޮތަކަށް ބަލާފަތޯ؟
25 ޖެނުއަރީ 2019 | ހުކުރު 10:45
ހ މ ޒ
1 ފެބްރުއަރީގެ ކޯޓު އަމުރުގައި ވަގުތުން ދޫކޮށްލަންޖެހޭ ސިޔާސީ މީހުންގެ ލިސްޓުގައި އަދީބުގެ ނަން އޮތްއިރު އެއަމުރު ތަންފީޒުނުކުރެވިގެން ތެޅުނު މީހުން ވެރިކަމަށް އައިސް އެއަމުރުގެ އެއްބައި ތަންފީޒުނުކޮށް ދޫކޮށްލީ ކޮންގޮތަކަށް ބަލާފަތޯ؟
25 ޖެނުއަރީ 2019 | ހުކުރު 10:45
ހ މ ޒ
1 ފެބްރުއަރީގެ ކޯޓު އަމުރުގައި ވަގުތުން ދޫކޮށްލަންޖެހޭ ސިޔާސީ މީހުންގެ ލިސްޓުގައި އަދީބުގެ ނަން އޮތްއިރު އެއަމުރު ތަންފީޒުނުކުރެވިގެން ތެޅުނު މީހުން ވެރިކަމަށް އައިސް އެއަމުރުގެ އެއްބައި ތަންފީޒުނުކޮށް ދޫކޮށްލީ ކޮންގޮތަކަށް ބަލާފަތޯ؟