Advertisement
ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 08:57
ބިގް ޑާޓާ އެންޑް ޑާޓާ ސައިންސް ޕްރޮގްރާމު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބިގް ޑާޓާ އެންޑް ޑާޓާ ސައިންސް ޕްރޮގްރާމު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ސައިރިކްސް ކޮލެޖު
ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިޓީގެ މާސްޓާރސް ޕްރޮގްރާމެއް ސައިރިކްސްއިން އިފްތިތާޙްކޮށްފި
މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެޕްރޫވްކުރާ ކޯހެއް

ރާއްޖޭގައި ފުރަތަމަ ފަހަރަށް މާސްޓަރ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ (ބިގް ޑާޓާ އެންޑް ޑާޓާ ސައިންސް) ޕްރޮގްރާމެއް ސައިރިކްސް ކޮލެޖްއިން އިފްތިތާހުކޮށްފިއެވެ.

މާސްޓަރ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ (ބިގް ޑާޓާ އެންޑް ޑާޓާ ސައިންސް) ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ދުނިޔޭގައި މިދާއިރާގެ ފުންނާބު އުސް ގިނަ ޕްރޮގްރާމްތަކެއް ދިރާސާކޮށްގެން ކަމަށާއި އަދި މިޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެޕްރޫވްކުރާ ކޯހެއް ކަމަށް ސައިރިކްސްއިން ބުންޏެެވެ.

މިފަދަ ކޯހެއް ފަރުމާކުރުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖެއަށް ބޭނުންވާ ޑޭޓާ ސައިޓިސްޓުން ތައްޔާރުކުރުމާއި އަދި މިފަދަ ގިނަ މައުލޫމާތުތަކެއް ރަނގަޅަށް އެނަލައިޒް ކުރުމަށްފަހު އާއުފެއްދުންތައް ނެރެވޭނެ ދިވެހިފަރުދުންތަކެއް ބިނާކުރުން ކަމަށް އެކޮލެޖުން ވަނީހާމަކޮށްފައެވެ.                                    

ސައިރިކްސް ކޮލެޖުގެ އަމާޒަކީ މި މާރސްޓަރސް ޕްރޮގްރާމަކީ މި ކޮލެޖުގެ ޕާރޓްނަރ އެހެންނިހެން ޔުނިވަރސިޓީތަކުގެވެސް އެކްރެޑިޓޭޝަންލިބިފައިވާ ޕްރޮގްރާމެއްގެ އިތުރުން ކާމިޔާބު ދަސްވެނިންތަކެއް މިދާއިރާއިން ތަމްރީންވެ އެކިފަންނުތަކުގައި މަތީފަންތީގައި މަސައްކަތްކުރާ ބަޔަކަށްހެދުން ކަމަށް އެކޮލެޖުން ބުންޏެވެ.                      

ސައިރިކްސް ކޮލެޖަކީ ވޭތުވެ ދިޔަ 25 އަހަރު މަތީތައުލީމު ރާއްޖޭގައި ދެމުންއަންނަ އެންމެގިނަ ދުވަސްވީ އެއް ކޮލެޖެވެ. މިކޮލެޖުން ވޭތުވެދިޔަ 25 އަހަރު ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

 މިގޮތުން ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ އިނާމު ލިބުނު އެންމެ ފުރަތަމަ ކޮލެޖަކީވެސް މިކޮލެޖެވެ. އަދި މިއަދާއި ހަމައަށް އައިއިރު ވިޔަފާރިއާއި މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމެނިޓީސް އެންޑް އެޑިޔުކޭޝަން އަދި މަލްޓިމީޑިއާ އެންޑް އާރޓްސް އިން ގިނަ ކޯސްތަކެއް ދަނީ ހިނގަމުންނެވެ.      

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 ޖެނުއަރީ 2019 | ހުކުރު 05:15
Swaira
Fail vefa oi college eh kudin felaalaane ethaa ulhey India group