Advertisement
ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 08:53
ވެޓެރިނަރީ ސެންޓަރުގައި ބުޅަލަކަށް ފަރުވާ ދެނީ
ވެޓެރިނަރީ ސެންޓަރުގައި ބުޅަލަކަށް ފަރުވާ ދެނީ
ފިޝަރީސް މިނިސްޓްރީ
ވެޓެރިނަރީ ސެންޓަރު
ބުދަ ދުވަސް ފިޔަވައި ރަސްމީ ހުރިހާ ދުވަހެއްގައި ވެޓެރިނަރީ ސެންޓަރު ހުޅުވަން ހަމަޖައްސައިފި
ދުވާލަކު މަދުވެގެން 13 ވަރަކަށް ޖަނަވާރަށް ފަރުވާ ހޯދާ

ޖަނަވާރުތަކަށް ފަރުވާ ދިނުމަށް ވިލިމާލޭގައި ގާއިމްކޮށްފައިވާ ވެޓެރިނަރީ ސެންޓަރުން ޚިދުމަތް ދޭ ދުވަސްތައް އިތުރު ކޮށްފިއެވެ.

އެ ސެންޓަރުން ބުނީ ކުރިން ހަފްތާއަކު ދެ ދުވަހު ޚިދުމަތް ދިން ނަމަވެސް މިހާރު  ބުދަ ދުވަސް ފިޔަވައި ރަސްމީ ހުރިހާ ދުވަހެއްގައި ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އެ ސެންޓަރުން ބުނި ގޮތުގައި ސެންޓަރުން ޖަނަވާރުތަކަށް ފަރުވާ ދޭނީ  ބުދަ ދުވަސް ފިޔަވައި ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އަށް ކަމަށެވެ. 

ޚިދުމަތް ދޭ ވަގުތު މިގޮތަށް އިތުރުކުރީ، ޖަނަވާރުތަކަށް ފަރުވާ ހޯދަން އަންނަ މީހުން އިތުރުވުމުން ކަމަށެވެ. މިހާރު ވެސް ދުވާލަކު 13 ވަރަކަށް ޖަނަވާރަށް ފަރުވާ ދެވޭ ކަމަށް ވެޓެރިނަރީ ސެންޓަރުން ބުންޏެވެ. އެންމެ ގިނައިން އަންނަނީ ފަރުވާ ހޯދަނީ ބުޅަލަށް ކަމަށާއި ގުރާ އަދި އެހެން ޖަނަވާރުތަކަށް ފަރުވާ ދިނުމަށް ވެސް އަންނަ ކަމަށް އެ ސެންޓަރުން ބުންޏެވެ. 

"ފަރުވާ ހޯދަން ގެންނަ ޖަނަވާރުގެ ތެރެއިން 95 ޕަސެންޓަކީ ބުޅާ،" އެ ސެންޓަރުގެ އޮފިޝަލަކު ވިދާޅުވިއެވެ. 

ވެޓެރިނަރީ ސެންޓަރ ހުޅުވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެ ސެންޓަރުން ދިވެހިން އާއްމުކޮށް ގެންގުޅޭ ހުރިހާ ބާވަތެއްގެ ޖަނަވާރުތަކަށް ފަރުވާ ލިބޭނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް