Advertisement
ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 12:02
ރ.މާކުރަތު
ރ.މާކުރަތު
ގޫގްލް މެޕްސް
ރ. މާކުރަތު
މާކުރަތު ކައުންސިލް އިދާރާ، ރަށު ކޯޓް އަދި ހެލްތް ސެންޓަރު ފަޅާލައިފި
ކައުންސިލް ތިޖޫރީގައި 40000 ރުފިޔާ ހުންނާނެ
ހެލްތްސެންޓަރުގެ ތިޖޫރީ ގެންގޮސް 15000 ވުރެ ގިނަ ރުފިޔާ އިދާރާއިން ނެގި

ރ. މާކުރަތު ކައުންސިލް އިދާރާއާއި ރަށު ކޯޓުގެ އިތުރުން އެރަށު ހެލްތް ސެންޓަރު ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ. 

ރ. މާކުރަތު ކައުންސިލްގެ ރައީސް ހަސަން އަލީ ވިދާޅުވި ގޮތުގައި އެ ރަށުގައި ހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ފަޅާލަފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ހަސަން އަލީ ވިދާޅުވި ގޮތުގައި ކައުންސިލް އިދާރާގެ ތިޖޫރި ހަލާކުކޮށްލައި، 40،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ހެލްތު ސެންޓަރުގެ ތިޖޫރި ވަގަށް ގެންގޮސްފައިވާ ކަމަށާއި އެ އިދާރާގައި ހުރި 15،000 ރުފިޔާ ވެސް ވަގަށް ނަގާފައިވާ ކަމަށެވެ. 

ހެލްތު ސެންޓަރުގެ ތިޖޫރީގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ނޭނގެ އެވެ. އަދި ކޯޓުން ވަގަށް ނަގާފައިވާ ތަކެތީގެ މައުލޫމާތެއް ވެސް ނޭނގެ އެވެ. 

މާކުރަތުގައި ހުރި ސަރުކާރުގެ ހުރިހާ އޮފީހެއް ފަޅާލި މައްސަލައިގެ ތަހްގީގަށް ފުލުހުން ދަނީ އެ ރަށުގައި ހަރަކާތްތެރި ވަމުންނެވެ. 

މާކުރަތު ކޯޓަށް ވަދެފައިވަނީ ކުޑަ ދޮރު ހަލާކުކޮށްލައިގެން 

މާކުރަތު ކައުންސިލުން ބުނެފައި ވަނީ މިހާތަނަށް ފުލުހުން ބަލާފައިވަނީ ހެލްތް ސެންޓަރު އެކަނި ކަމަށާއި ހުކުރަށް ފަހު ކައުންސިލްގެ އިތުރުން ރަށު ކޯޓް ބެލުމުގެ މަސަތްކަތް ފައްޓާނެ ކަމަށެވެ. މިހާތަނަށް އަދި މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ވަނީ ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 ޖެނުއަރީ 2019 | ހުކުރު 08:20
ކޮންމެހެން
ކޮންމެހެން ފަޅާލިގޮތް ދަސްކޮށްދޭން އުޅޭނެކަމެއްނެތް
25 ޖެނުއަރީ 2019 | ހުކުރު 04:55
ށަމު
ޚަބަރުގެ އެންމެ މަތީގައި އޭނީ ގޫގުލްމެޕް ޕޮޓޯއެއްނޫން. އެއީ މީހަކު ޑްރޯން އަކުން ނެގި ޕޮޓޯއެއް. އަދި ކުޑަދޮރު ހަލާކުކޮށްލައިގެން ވަދެފައިވަނީ ކައުންސިލް އިދާރާއަށް. ޚަބަރުގައި އޭނީ ކައުންސިލް އިދާރާގެ ކުޑަދޮރުގެ ޕޮޓޯއެއް. ދެން ފަޅާލީ މާކުރަތުގެ ހުރިހާ މުއައްސަސައެއް ނޫން. ސްކޫލާ ކައިރި ވެފައެއް ނެތް.