Advertisement
ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 06:52
ރައީސް މައުމޫން، ރައީސް ސޯލިހާއިއެކު
ރައީސް މައުމޫން، ރައީސް ސޯލިހާއިއެކު
ރައީސް އޮފީސް
އެމްއާރްއެމް
ރައީސް ސޯލިހާއިއެކު އެމްއާރްއެމް ދެމިއޮންނާނެ: ރައީސް މައުމޫން
ެޔޮ ވެރިކަމާއި ޤާނޫނުގެ ހުކޫމަތު ރައްކާތެރި ކުރުމުގައި ރައީސް ސޯލިހަށް އެމްއާރްއެމްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރު ދެމެހެއްޓުމަށް ވަރުބަލިކަމެއްނެތި މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) މަސައްކަތް ކުރާނެ ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ، ކޯލިޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން ހަތަރު ޕާޓީގެ ކޯލިޝަން ދަމަހައްޓައި ވަރުގަދަ ކުރުމަށް އެމްއާރްއެމްއިން ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރާނެ ކަމަށެވެ. އަދި ހެޔޮ ވެރިކަމާއި ޤާނޫނުގެ ހުކޫމަތު ރައްކާތެރި ކުރުމުގައި ރައީސް ސޯލިހަށް އެމްއާރްއެމްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހު މީޑިއާ އާއި ބައްދަލުކުރައްވައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުތަކާއި ގުޅޭގޮތުން ކުރެއްވި އިތުރު ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ، ވަރަށް ސާފުކޮށް، އަދި ވަރަށް ސާބިތުކަމާއިއެކު ރައީސް ސޯލިހު އެމަނިކުފާނުގެ ސިޔާސަތުތަކާއި އިސްކަން ދެއްވާ ކަންކަން ރައްޔިތުންނަށް ހާމަކޮށްދެއްވާފައިވާ ކަމަށެވެ.

ރައީސް މައުމޫން މިފަދައިން ޓްވީޓް ކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން ކޯލިޝަންގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ އަސަރެއް ކޯލިޝަނަށް ނުކުރާނެކަމުގެ ޔަޤީންކަން ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ދަނީ ރައްޔިތުންނަށް ދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް