Advertisement
ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 02:47
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަދައްކަވަނީ
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
ތަރައްގީ ގެނެވޭނީ މަޖިލީހުގެ މެޖޯރިޓީ ވަކި ޕާޓީއަކަށް ނުދިނީމާ: ގާސިމް
ގާސިމް ވިދާޅުވީ ދިވެހިރާއްޖެއަށް އެއްމެ ރަނގަޅު ގޮތަކީ ވެސް މަޖިލީހުގެ މެޖޯރިޓީ ވަކި ބަޔަކަށް ނުލިބުން ކަމަށް
ގާސިމް ވަނީ ގައުމިއްޔަތު އިސްކޮށްގެން ހުރިހާ ޕާޓީތަކުންވީ ގުރުބާނީ ހަނދާން ނައްތާ ނުލެއްވުމަށް ގޮވާލައްވާފައި

ދިވެހިން ދެކެމުން އަންނަ ތަރައްގީ ގެނެސްދެވޭނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ނުދީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ކެމްޕެއިން ފެށުމަށް ބޭއްވި ހަފުލާގައި ގާސިމް ވިދާޅުވީ، ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީވެސް މަޖިލީހުގެ މެޖޯރިޓީ ވަކި ބަޔަކަށް ނުލިބުން ކަމަށެވެ.

"އެހެން އެކަންނުވީމާއޭ ކުރިއެރުން ލިބިގެންދާނީ. އަދި އަދުލު އިންސާފުވެސް. އިސްލާހުކުރަން ޖެހޭ ހުރިހާ ކަމެއްވެސް އިސްލާހު ކުރެވިގެންދާނީ. އެއީ އަޅުގަނޑުމެންނަށް ސަރުކާރު ޒިންމާދާރު ކުރެވޭނެ ގޮތަކީވެސް،" ގާސިމް ވިދާޅުވިއެވެ.

ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ކޮންމެހެން ލިބެން ޖެހޭ ކަމަށް ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކުފުޅަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ, ގައުމިއްޔަތު އިސްކޮށްގެން ހުރިހާ ޕާޓީތަކުންވީ ގުރުބާނީ ހަނދާން ނައްތާ ނުލެއްވުމަށް އެދިފައެވެ. އަދި އޭރު ދެއްކި ވާހަކަތައް ދެކޮޅުޖެހޭނީ ވަކީ ޕާޓީއަކަށް މަޖިލިސް ދީގެން ނޫންކަމުގައިވެސް ގާސިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަފުޅަށް ވަރަށް ތައުރީފް ކުރައްވާފައެވެ. އަދި ވިދާޅުވީ އެ މަނިކުފާނު އެ ސާބިތުކަން މަތީ ހުންނެވިހާ ދުވަހަކު ވައުދުތައް ފުއްދުމަށް ޖުމްހޫރީ ޕާޓީގެ އެއްބާރުލުން ލިބިލައްވާނެ ކަމަށެވެ.

"އެމަނިކުފާން ސާބިތުކަމާއެކު ހުންނަވާނެކަން އަޅުގަނޑަށް ކަށަވަރު. އެހެންކަމަށްވާނަމަ ހަމަ ކަށަވަރުންވެސް އެ މަނިކުފާން މިގައުމަށް ވެފައިވާ ހުރިހާ ވައުދާ އަހުދު ފުއްދެވުމުގައި އަޅުގަނޑުމެން ޖުމްހޫރީ ޕާޓީ މިތިބީ އެމަނިކުފާނާ އެކީގައިކަން، ސާބިތުކަމާއެކީގަކަން ފަށްފަށުން ދަންނަވަން،" ގާސިމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަކީ ވަކި ޕާޓީއެއްގެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ ގާސިމް ވަނީ އެންމެނާމެދު ހަމަހަމަ އުސޫލަކުން ކަންކަން ކުރުމަށް ރައީސްއަށް ގޮވާލައްވާފައެވެ.

ގާސިމް ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން އުޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެއީ ގައުމުގެ މަސްލަހަތު ނަގާލަން ބަޔަކު ދެކެމުން އަންނަ ހުވަފެނެއް ކަމަށް ބުނެ ނުސީދާކޮށް ރައީސް ނަޝީދާއި އެމްޑީޕީއަށް ގޮންޖައްސަވާފައެވެ. އަދި މަހުޖަނުންނޭ ކިޔައިގެން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން ވިދާޅުވީ މަޖިލީހަށް އިންތިހާބު ވާން ބޭނުންވާ އެންމެން ވެސް ފައިސާ ހޯދަން ދަނީ ވިޔަފާރިވެރިންނާއި މުއްސަންދިން ކައިރިއަށް ކަމަށެވެ.

"ކުރިމަތި ލާފަ ލާރި ހޯދަން މިދަނީ ކޮން ބަޔެއް ކައިރިއަށް ތޯ؟ ނޫނީވިއްޔާ އެ ފައިސާ ގެންނަނީ ކޮންތާކުން ތޯ؟ ބޭރު ގައުމަކުން ތޯ ނޫނިވިއްޔާ ދިވެހިރާއްޖޭގައި ތިބި ތަނަވަސް މީހުން އަތުންތޯ؟" ގާސިމް ސުވާލުކުރެއްވިއެވެ.

ގާސިމްއާއި ނަޝީދުއާއި ދެބޭފުޅުން ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާއިރު، ރައީސް ސޯލިހުއާއި ރައީސް ނަޝީދު އަދި ރައީސް މައުމޫން ވެސް ވަނީ ކޯލިޝަން ނުރޫޅޭނެ ކަމަށާއި ގުޅުން އޮތީ ބަދަހިކޮށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ގާސިމް ވަނީ މީގެ ކުރިން އެމްޑީޕީން ކޯލިޝަން އެގްރީމެންޓާއި ހިލާފުވީ ކަމަށް ބުނެ ކޯލިޝަންއެއް އެބައޮއްތޯ ސުވާލު އުފައްދަވާފައެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
25 ޖެނުއަރީ 2019 | ހުކުރު 12:47
ޙަވާ
އެއީ ތެދެއް އޭރުން މަހުޖަނުންނައް ސަރުކާރުތައް ފިއްތާ ބެނުންއެއްޗެއް ހެދޭނީ ކޮންމެ ގޮތެއް ވިޔަސް މަ މަގޭ ފިކުރައް ނޫނީ ވޯޓެއް ނުދޭނަން ގާސިމަކީ ދެފުއްކެހެރިއެއް