ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 15:55
މެކްސްގެ ފަރާތުން ތައްޔާރުކުރާ ބޮޑު ބާގާ
މެކްސްގެ ފަރާތުން ތައްޔާރުކުރާ ބޮޑު ބާގާ
ސިމާހާ ނަސީމް
ބޮޑު ބާގާ
އުފަން ދުވަހު ފަޅަންވީ ކޭކެއް ނޫން!
އެންމެ ބޮޑު ބާގާގައި 12 ކިލޯ ހުރޭ
ބާގާގެ އަގުތައް އުޅެނީ 350ރ ފެށިގެން ގޮސް 1500ރ އާ ހަމައަށް

ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އަންނާނެ އެންމެ ހާއްސަ ދުވަހަކީ އެމީހެއްގެ އުފަންދުވަހެވެ. އެގޮތުން ބައެއް ރައްޓެހިންނާއި ގާތްތިމާގެ މީހުން އެ ދުވަސް ފާހަގަކުރުމަށްޓަކައި އަވަދިނެތި އުޅެއެވެ. އަދި އުފަންދުވަހުގެ ޕާޓީއެއް ބާއްވާކަމުގައިވާނަމަ ފޯރި އިތުރު ވެގެންދެއެވެ. މިކަހަލަ ހާއްސަ ދުވަހަކަށް ތައްޔާރުވާއިރު އެންމެ ބޮޑަށް ބަހުސް ކުރެވޭ ކަމަކީ އެންމެންނަށް ކަމުދާ ކޭކެއް ހިޔާރުކުރުމެވެ. އެއްބައިމީހުންނަށް ޗޮކްލެޓް ކޭކް ނުވަތަ ބަޓަރ ކޭކު ކަމުދާއިރު އަނެއްބައި މީހުންނަށް ކަނަމަދު ކޭކު ނުވަތަ ރެޑްވެލްވެޓް ކޭކު ކަމުގޮސްދާނެއެވެ. ކޭކު އެއްވެސް ގޮތަކަށް ކަމުނުދާ މީހުންވެސް އުޅެއެވެ. ރާއްޖޭގައި މަދުން ނަމަވެސް "ފޮނި" ތަކެތި ކަމުނުދާ މީހުން އުޅެއެވެ. އެމީހުންނަށް ކޭކަށް ވުރެ އުފަންދުވަހަށް ކުޅި ރަހަދޭ ކޮންމެ އެއްޗެއް ދިނަސް މާ ރަނގަޅު ކަމަށް ބުނުއެވެ. މިފަހަރު އެކަހަލަ މީހުންނަށް މިއޮތީ ރަނގަޅު ފުރުސަތެކެވެ. އެއީ "ބާތްޑޭ ބާގާ"އެވެ.

މި ބާގާ އަކީ މެކްސްގެ ފަރާތުން ތައްޔާރުކޮށް ޑެލިވަރީކޮށްދޭ ބާގާއެކެވެ. މި ބާގާގެ ހާއްސަ ކަމަކަށް ފާހަގަކޮށްލެވެނީ ބާގާ ސައިޒެވެ. އުފަން ދުވަހުގެ ކޭކެއްހާ ބޮޑު މި ބާގާގެ ޗިކަންގެ އިތުރުން ބީފް ލިބެން ހުރެއެވެ. ބާގާގެ އަގުތައް އުޅެނީ 350ރ. ފެށިގެން ގޮސް 1500ރ. އާ ހަމައަށެވެ. އެކި ރޭންޖްތަކުގެ ބާގާ މެކްސްގެ ފަރާތުން ތައްޔާރުކޮށް ދޭއިރު އެންމެ ބޮޑު ބާގާގައި 12 ކިލޯ ހުރެއެވެ.

މި ބިޔަ ބާގާ ހަދަނީ، ކޭކު އެޅުމަށް މަޝްހޫރު އައިމިނަތު ނަޝީދާ (ނަޝީ) ފިރިހެން ދަރި، އަދި މަޝްހޫރު ޝެފް މުހައްމަދު ނަބީހް އެވެ. 

ނަބީހްގެ "މެކްސް ބަދިގެ"އިން ތައްޔާރުކުރާ "ބާތްޑޭ ބާގާ" މޭކެޓަށް ނެރުނީ އޭނާ ބުނި ގޮތުގައި ތަފާތު މަސައްކަތެއް ކުރުމުގެ ގޮތުންނެވެ. ފޮނިތަކެތި ކަމުނުދާ މީހުންނަށް، އުފަންދުވަސް މި ބާގާއެކު ފާހަގަކޮށްލެވޭނެ އެވެ. މީގެ ބޮޑު ބާގާއަކުން 15 ނޫނީ 20 މީހުންނަށް ކެވޭނެ އެވެ.  ބޮޑު ބާގާގެ ބަނަސްގަނޑު ހަދަން ގާތްގަނޑަކަށް 6 ގަޑިއިރު ހޭދަ ވާއިރު، އެއަށް ފަހު ބާގާ ތައްޔާރުކުރަން ދެ ގަޑިއިރު ހޭދަވާ ކަމަށް ނަބީހު ބުންޏެވެ.

"އަސްލު އެންމެ ދަތި ވަނީ އިންގްރީޑިއަންޓްސް ހޯދަން، އެއްފަހަރު މިންސްޑް ބީފް ލިބެން މާކެޓްގައި ހުރެއްޖެއްޔާ އަނެއް ފަހަރު ނުހުރޭ ދެން މިޖެހެނީ ބްލޮކް ބީފް ގަނެގެން އޭތި ކުދި ކުރަން، ވަރަށް ބޮޑަށް ދަތިވޭ އެކަމަށް އަސްލު، އެހެންވީމަ ބޭނުންވާ ގޮތަށް މި މަސައްކަތް ކުރިއަށް ނުގޮސްގެން މިއުޅެނީ. ކަސްޓަމަރުން ބޭނުންވަންޏާ ޗިކަން އަދި ބީފްގެ އިތުރުން ވެސް ޓާކީ ނުވަތަ ލޭމްބްގެ ބާގާ ވެސް ހަދައިދެން. ކަސްޓަމަރުންނަށް ޑިޕެންޑްވާނީ އަސްލު" ނަބީހު ބުންޏެވެ.

މި މަސައްކަތަކީ ވަރަށް ގިނަ ފަރާތްތަކުން އެދެމުންދިޔަ މަސައްކަތެއް ކަމަށާއި މިކަން ފަށައިގަތުމުން ކަސްޓަމަރުންގެ ފަރާތުން ވަރަށް ރަނގަޅު ކޮމެންޓްތައް ވެސް ލިބުނު ކަމަށް އޭނާ ބުންޏެވެ.

ނަބީހުގެ އަމާޒަކީ އަބަދުވެސް ކޮންމެވެސް ތަފާތު ކަމެއްކޮށް ކެއްކުމުގެ ދާއިރާގައި އިތުރަށް ކުރިއަށް ދިއުމެވެ. އުފަންދުވަހަށް ކޭކު ފަޅަން ބޭނުންނުވާ މީހުންނަށް ހަމަގައިމުވެސް މި ބާގާ ކަމުދާނެއެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 ޖެނުއަރީ 2019 | ހުކުރު 12:50
ކުޅިބޯކިބާވެސް
ކުޅިބޯކިބާވެސް ހަމައޯކޭ