Advertisement
ކ. މާލެ
|
24 ޖެނުއަރީ 2019 | ބުރާސްފަތި 22:25
ބ. އޭދަފުށި
ބ. އޭދަފުށި
ގޫގުލް
ވައްކަން ކުރުން
އޭދަފުށީގެ ކައުންސިލްގެ ޒިންމާދާރުވެރިޔާ މެލޭޝިއާގައި ހައްޔަރުކޮށްފި
ކަފާލާތުގެ ދަށުން އޭނާ މިނިވަންކުރަން 8000 ޑޮލަރުދައްކަން ޖެހޭ
އޭނާގެ ދަރި ވެސް ވަނީ ހައްޔަރުކޮށްފައި
ވަގަށް ނެގީ ޓީޝާޓެއް ކަމަށް ވެސް މައުލޫމާތު ލިބޭ

މެލޭޝިއާއިން ވައްކަންކޮށްގެން ބ. އޭދަފުށީގެ ކައުންސިލްގެ ޒިންމާދާރުވެރިޔާ ނިއުމާ އަހުމަދު ހައްޔަރުކޮށްފިއެވެ. 

އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ބުނީ މިމަހުގެ 12 ވަނަ ދުވަހު ނިއުމާ މެލޭޝިޔާއަށް ދިޔައީ އޭނާގެ އަންހެން ދަރިފުޅު ގޮވައިގެން ކަމަށާއި، އެމީހާ ހައްޔަރު ކުރީ އެ ގައުމުގެ ޝޮޕިންގ މޯލްއަކުން ވައްކަން ކުރުމުން ކަމަށެވެ. އަދި ކަފާލާތުގެ ދަށުން އޭނާ މިނިވަންކުރަން 8000 ޑޮލަރުދައްކަން ޖެހޭ ކަމަށާއި، އެ މައްސަލާގައި އެ ނިއުމާ ކޯޓަށް ހާޒިރު ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހު ކަމަށެވެ. 

މައުލޫމާތު ލިބޭ ގޮތުގައި އޭނާ "ޕެޑިނީ ކޮންސެޕްޓް ސްޓޯރ" އިން ވަގަށް ނަގާފައިވަނީ ޓީޝާޓެކެވެ. މިމައްސަލާގައި ނިއުމާގެ ދަރި ވެސް ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހުމާން ވިދާޅުވީ ނިއުމާ ހުރީ ޗުއްޓީގައި ކަމަށާއި، ރަށުގައި ނެތްތާ ދުވަސްތަކެއްވެފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްގެން އުޅޭ ކަމުގައި މައުލޫމާތު ލިބިފައިވާ ކަމަށާއި، ނަމަވެސް އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައި ނުވާ ކަމަށެވެ. އެހެންކަމުން މިމައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ތޮލާލް ވިދާޅުވިއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް