Advertisement
ކ. މާލެ
|
24 ޖެނުއަރީ 2019 | ބުރާސްފަތި 17:31
ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް
ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް
މުހައްމަދު ޝަރުހާން
ޕްލޭނިން މިނިސްޓްރީ
ރަނގަޅު މައުލޫމާތު ނެތި ކުރާ ކޮންމެ ކަމެއްގައި ނުރަނގަޅު އެތައް ކަމެއް އެކުލެވޭނެ: މިނިސްޓަރ އަސްލަމް
ވަރަށް ގިނަ މިނިސްޓްރީތަކުންވެސް ޑޭޓާއާއި މައުލޫމާތުތަށް އެއްކުރޭ
މިހާރު ތައްޔާރުވަމުން ދަނީ 2020 އިން ފެށިގެން 2030 ގެ ތަފާސް ހިސާބު ތައްޔާރު ކުރުމަށް

ރަނގަޅު މައުލޫމާތު ނެތި ކުރާ ކޮންމެ ކަމެއްގައި ނުރަނގަޅު އެތައް ކަމެއް އެކުލެވޭނެ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 

ތަފާސް ހިސާބުގެ އަހަރީ ފޮތް ލޯންޗްކުރުމަށް ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދަޅުވީ ވަރަށް ގިނަ މިނިސްޓްރީތަކުންވެސް ޑޭޓާއާއި މައުލޫމަތުތަށް އެއްކުރާ ކަމަށާއި ނަމަވެސް އެއްކުރާ މައުލޫމާތު އެހެންފަރާތްތަކުގެ ބޭނުމަށް ދޭންބޭނުން ނުވާކަމަށެވެ. އެގޮތުން ސައިންޓިފިކް ޑޭޓަރތައްވެސް އެހެން ބަޔަކަށް ޝެއާކުރަން ބޭނުން ނުވާކަމަށާއި ބައެއް މީހުން އެ މައުލޫމާތުތަށް ހިފަހަށްޓާކަމަށެވެ. ނަމަވެސް އެއްކުރާ މައުލޫމަތުތަށް އެއްތަނަކަށް ޖަމާކޮށްގެން ތިބުމުން އޭގެ މަންފާ އެބަޔަކަށް ނުކުރާނެކަން ފަހަގަ ކުރައްވާ އަސްލަމް ވިދާޅުވީ ކޮންމެ ބަޔަކުވެސް އަދި ކޮންމެ މިނިސްޓްރީއަކުންވެސް އެކި ކަހަލަ މައުލޫމާތުތަށް ބޭނުންވާ ހިނދު އެބަޔަކަށް އެ ފޯރުކޮށްދޭން ޖެހޭކަމަށެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ޝަހުދާ ވިދާޅުވީ އެ ބިއުރޯގެ ފަރާތުން ކުރިއަށްގެންދާ މަސައްކަތަކީ ރާއްޖޭގެ ތަފާސް ހިސާބު ތަރަށްގީ ކުރާނެ ދުރު މުސްތަގުބަލްގެ ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށާއި މިހާރު އެކުލަވާލާފައިވާ ޕްލޭންގެ މުއްދަތު 2019 އާއި ހަމައަށް ހަމަވާނެ ކަމަށެވެ. އަދި މިހާރު ތައްޔާރުވަމުންދަނީ 2020 އިން ފެށިގެން 2030 އަހަރާއި ހަމައަށް ރާއްޖޭގެ ތަފާސް ހިސާބު ތައްޔާރު ކުރާނެގޮތުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭނުމަކީ އެވިޑެންސް ޕޮލިސީމޭކިންނަށް މަގުފަހިވާކަހަލަ ގޮތަކަށް މައުލޫމާތުގެ އަލީގައި ކަންކަން ނިންމަން ބާރުއަޅާދޭކަހަލަ ގޮތްތަކެއް. މި ޕްލޭންގެ ޒަރީއާއިން މިކަމަށް ހުރިގޮންޖެހުންތަކާއި ބެހޭގޮތުން އެސެސްމެންޓްތަކެއް ކޮންމެވެސް ވަރަކަށް ހެދިފައި މިހިރީ. ޔޫ.އެނާއި އެސްކެޕުންނާއި އަދި އެކިއެކި ބޭފުޅުންގެ އިންޑިޕެންޑެންޓް ރިވިއުއެއްވެސް ވަނީ ހަދާފަ. މިހާރު މިހެދެނީ އިދާރީގޮތުން ސަރުކާރުގެ ތެރޭގައި އެއްކުރެވިފައި ހުރި މައުލޫމާތު ތަކުން ތަފާސްހިސާބު ނެރެވޭނެ ގޮތްތަކުގައި ހުރި ގޮންޖެހުންތަށް ދިރާސާކުރާނެގޮތްތަށް." ނޭޝަނަލް ބިއުރޯއޮފް ސްޓެޓިކްސްގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ޝަހުދާ ވިދާޅުވިއެވެ.

މި މަސައްކަތުގައި އެހީތެރިވަނީ ޕެރިސް 21ގެ ފަރާތުން އެތަނުގެ ކޮންސަލްޓެންޓުން ކަމަށެވެ.

ތަފާސް ހިސާބުގެ އަހަރީ ފޮތް ނެރެދެއްވީ މިނިސްޓަރ އަސްލަމެވެ. ތަފާސް ހިސާބުގެ އަހަރީފޮތަކީ އެކި ވުޒާރާތަކުން އެކި ދާއިރާތަކާއި ގުޅޭގޮތުން ލިބެންހުރި މައުލޫމަތު ތަކުގެ މަށްޗަށް އެކުލަވާލައިގެން ކޮންމެ އަހަރަކު އެއްފަހަރު ނެރެމުންދާ ސީރީޒްއެކެވެ. މިއަދު ނެރުނީ އެ ސިލްސިލާގެ ޕޮކެޓް ބުކްގެ ހާޑް ކޮޕީ އެއްކަމަށް އެބިއުރޯއިން މައުލޫމަތު ދެއެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް