Advertisement
ކ. މާލެ
|
24 ޖެނުއަރީ 2019 | ބުރާސްފަތި 11:42
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް 2019
ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ހުށައަޅައިފި
މި އިސްލާހަކީ ރައީސް ނަޝީދަށް އަމާޒުކުރާ އިސްލާހެއް ކަމަށް އެމްޑީޕީއިން ބުނޭ
އިސްލާހު ފާސްވިއަސް އަމަލުކުރާނީ ރައީސް ތަސްދީގު ކުރެއްވުމުން

ކުރިން ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭގޮތް ހެދުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފެވެ.

ގާނޫނު އަސާސީއަށް އިސްލާހު ނުގެނެސް އިންތިޚާބާ ބެހޭ ގާނޫނަށް އެ އިސްލާހު ގެނައުމަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެއެވެ.

އެހެންވެ ލަތީފު ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ އެގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށް ނަމްބަރެއް އިތުރު ކުރުމަށެވެ. އެމާއްދާގައި ބުނެފައިވަނީ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ ފަރާތަކަށް ނުވުމެވެ.

ލަތީފް މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވި އިރު، އަންނަ އެޕްރީލް މަހު އޮންނަ އިންތިޚާބަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. އެމަނިކުފަނު ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވަނީ މައްޗަންގޯޅި މެދު ދާއިރާއަށެވެ. 

މި އިސްލާހަކީ ރައީސް ނަޝީދަށް އަމާޒުކުރާ އިސްލާހެއް ކަމަށް އެމްޑީޕީއިން ދަނީ ބުނަމުންނެވެ.

ލަތީފު ގާނޫނު އިސްލާހު ކުރައްވަން ހުށައެޅުއްވިކަމުގައި ވިއަސް އަދި ރައްޔިތުންގެ މަޖިލީހުން ފާސްވި ކަމުގައި ވިއަސް އެ އިސްލާހު ގާނޫނަކަށް ބަދަލުވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރައްވާ ހިސާބުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ލަތީފު  އިސްލާހު ގެންނަވަން ހުށައެޅުއްވުމުން އެ އިސްލާހަށް ތާއިދު ނުކުރައްވާކަން ހާމަ ކުރައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
24 ޖެނުއަރީ 2019 | ބުރާސްފަތި 07:01
މަގޭ ހައްގު
ކީއްވެ ހަމައެކަނި ރައީސް ކޮބައިތޯ ނައިބްރައީސް ކޮބައިތީ އުއްތަމަ ފަޑިޔާރުން . ޖޭޕީ އަޑީގައި އޮވެ ކުޅޭ ހަޑިކުޅުންތައް ކުރިން ޤާސިމަށް ވާދަނުކުރެވޭ އިސްލާހް ފާސްކޮށް އަނެއްކާ އެބަދަލުކުރަންޖެހުނީ ހުރިހާ ކަމެއް މިދަނީ ބަދަލުވުމަށް. ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފައްދައިފިނަމަ ރިޔާސީ އިންތިހާބުގައި ވާދަ ކުރަންޖެހޭ އިސްލާހެއް ހުށަހަޅައި ފުރަތަމަ ބުރުން އެންމެ ގިނައިން ވޯޓް ލިބޭ ފަރާތަކަށް ވެރިކަން ލިބޭ އިސްލާހެއް ރާއްޖޭގައި ބޭނުންވަނީ.