Advertisement
ކ. މާލެ
|
24 ޖެނުއަރީ 2019 | ބުރާސްފަތި 09:07
ކޯލިޝަން އޮތީ ބަދަހިކަމާއެކު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި
ކޯލިޝަން އޮތީ ބަދަހިކަމާއެކު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި
ރާއްޖެއެމްވީ
ރައީސް ނަޝީދު މަޖިލީހަށް
ކޯލިޝަން ސަރުކާރު ނުރޫޅޭނެ: ރައީސް ނަޝީދު
ކޯލިޝަން އޮތީ ބަދަހިކަމާއެކު ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައި

މިހާރު އޮތް ކޯލިޝަން ސަރުކާރު ރޫޅިގެން ނުދަނެ ކަމަށް ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ލީޑަރ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަން ސަރުކާރު ވެއްޓިދާނެތޯ، ރާއްޖެ ޓީވީގެ ބުރާސްފަތި ދުވަހުގެ "ފަށާއިރު" ޕްރޮގްރާމްގައި ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ ކޯލިޝަން ނުރޫޅޭނެ ކަމަށާއި ކޯލިޝަން އޮތީ ބަދަހިކޮށް ކަމަށެވެ.

މިހެން ނަޝީދު ވިދާޅުވިއިރު ކޯލިޝަންގައި ހިމެނޭ ބޮޑު ދެ ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ދެމެދު ވަނީ ކަންބޮޑުވުންތަކެއް އުފެދިފައެވެ. ޖޭޕީ އާއި އެމްޑީޕީ އާއި ދެމެދު ކަންބޮޑުވުންތަކެއް އުފެދިފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް އެމްޑީޕީން ވާދަކުރުމަށް ނިންމުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަން ސަރުކާރު ކުރިއަށްދަނީ ބަދަހި ކަމާއެކު ކަމަށާއި، ކޮންމެ ދުވަހަކުވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއިވެސް މަޝްވަރާ ކުރެއްވޭ ކަމަށާއި، އަދި ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކާއި އެކުވެސް ކޮންމެ ދުވަހަކުވެސް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. ކޯލިޝަން ރޫޅިދާނެ ކަމުގެ އެއްވެސް އަލާމާތެއް ފެނިވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"ސަރުކާރު އެބަ ހިނގާ ވުޒާރާތައްވެސް އެބަ ހިނގާ، އެބާވަތުގެ ކަމެއް ނުހިނގާ، ސަރުކާރު ނުވެއްޓޭނެ. ކޯލިޝަން ނުރޫޅޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރާއެކު ވެފައިވާ ކޯލިޝަން އެއްބަސްވުމަކީ އެމްޑީޕީން ހެޔޮ ހިތުން ޤަބޫލުކޮށްފައިވާ އެއްބަސްވުމެއް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި 87 ދާއިރާއަށް ވާދަކުރުމަކީ ކޯލިޝަން އެއްބަސްވުމުގައި ހިމެނޭ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރުމަކީ ރައްޔިތުން ބޭނުންވެފައިވާ ކަމެއް ކަމަށާއި، ރައްޔިތުންގެ އެދުމާއި ދެކޮޅަށް އެމްޑީޕީން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހަށް އެ މީހުން ބޭނުންވާ މީހަކު އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް އެމްޑީޕީން ވާދަކުރުމަށް ނިންމުމާއި ގުޅިގެން ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ތެރެއިން ޖޭޕީން ދަނީ އެކަމާއި ދެކޮޅަށް އެމްޑީޕީއަށް ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ. ޖޭޕީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ތައްޔާރު ކަމަށެވެ.

ނަމަވެސް ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އާއި، އަދާލަތުން ވަނީ ކޯލިޝަން ދެމެހެއްޓުމަށް ގޮވާލާ، އަދި އެ އަޒުމުގައި ތިބި ކަމަށް ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
24 ޖެނުއަރީ 2019 | ބުރާސްފަތި 06:07
ޒަމީރު
އަންނީ އަށް ރާޖޭގައި ނޫޅެވޭނެ ކަހަލަ ބިލެއް ވެސް ލައިދީ.