Advertisement
ކ. މާލެ
|
24 ޖެނުއަރީ 2019 | ބުރާސްފަތި 08:38
ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަށާއިރު ޕްރޮގްރާމްގައި
ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަށާއިރު ޕްރޮގްރާމްގައި
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލީސް
މަޖިލީޙުގެ ހިންގާ ގަވާއިދު ބަދަލުކުރަން އެމްޑީޕީން ޑްރާފްޓެއް އެކުލަވާލައިފި
މަޖިލިސް ނަޒާހަތްތެރިކުރަން ޖެހޭ ކަންކަން ހާމަކުރާނަން

ރައްޔިތިންގެ މަޖިލީސް ނަޒާހަތްތެރިކޮށް ހިންގާނެ ގޮތްތައް ހިމަނައި މަޖިލީހުގެ އާ ގަވާއިދެއް އެމްޑީޕީން އެކުލަވާލައިފި އެވެ.

ރާއްޖެ ޓީވީގެ ބުރާސްފަތި ދުވަހުގެ "ފަށާއިރު" ޕްރޮގްރާމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާާޅުވީ މިހާރު އޮތް މަޖިލީހުގެ ހިންގާ ގަވާއިދު ބަދަލުކުރެވުމުން، މަޖިލީހުގެ މެމްބަރުންނާ ގުޅޭ ކަންކަމުގައި ހާމަކަން ބޮޑުވެ، މަޖިލީހުގެ ނަޒާހަތްތެރިކަން ބޮޑުވާނެ ކަމަށެވެ.

"މަޖިލީހުގެ ހިންގާ ގަވާއިދުގެ އާ ޑްރަފްޓެއް އެމްޑީޕީން އެކުލަވާލައިފި. އެ ޑްރާފްޓް އާ މަޖިލީހުގެ ކެމްޕެއިން އަށް ނެރޭނެ، ރައްޔިތުންނަށް ފާހަގަކޮށް ދޭނަން މަޖިލިސް ނަޒާހަތްތެރިކުރަން އުޅޭ ކަންކަން،" އެ މަނިކުފާނު ވިދާޅުވި އެވެ.  

އާ ގަވާއިދެއް އެކުލަވާލިޔަސް ނުރަނގަޅު ހުރިހާ ކަންކަން އެއްކޮށް ފިލައި ނުގޮސްދާނެކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ "އެކަމަކު މިހާރު މި އޮތް މިންވަރަށް ކަންކަން އޮންނަން ނުޖެހޭނެ" ކަމަށެވެ. 

އިނގިރޭސި ވިލާތުން މަތީ ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި، ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި  ނަޝީދު ވިދާޅުވީ އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަމިއްލަފުޅު ދަތުރެއްގައި ވަޑައިގަތަސް މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށާއި ވަރަށް ހާމަކަން ބޮޑުކޮށް އޮންނަ ކަމަށެވެ. އެ މެމްބަރުން ހޮޓަލަކަށް ވަޑައިގަތަސް،  ބިލްތައް މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށާ، ފުރިހަމަ މާލީ ބަޔާނެއް ވެސް ހުށަހަޅަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

އޭޕްރީލް 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޮޅީ މެދު ދާއިރާއަށް ވާދަކުރައްވާ ނަޝީދު ވިދާޅުވީ މާލީ ބަޔާން ހުށަހެޅުމޭ މި ބުނަނީ އެއްޗަކަށް އެއްޗެއް ހުށަހެޅުން ނޫން ކަމަށާއި "މާލީ ބަޔާން ހުށަހެޅުމަކީ ހުރިހާ މާލީ މުއާމަލާތްތައް މަޖިލީހަށް އެނގުން" ކަމަށެވެ. މަޖިލީހުގެ މެމްބަރުން ރައްޔިތުންނާ ބައްދަލުކުރުން ވެސް އެއީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރަން ޖެހޭ ކަމެއް ކަމަށާއި އެކަން ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް