Advertisement
ކ. މާލެ
|
24 ޖެނުއަރީ 2019 | ބުރާސްފަތި 10:07
ފުލުހުން ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރެއިން
ފުލުހުން ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރެއިން
މޯލްޑިވްސް ޕޮލިސް ސާރވިސް
ވޯކްޝޮޕް
ކައުންޓަރ ޓެރަރިޒަމް އެމަރޖެންސީ ޕްރިޕެއަރޑްނެސް ވޯކްޝޮޕް ބާއްވައިފި
ރައްޔިތުންނާއި، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރަންޖެހޭ
ޓެރަރިޒަމްގެ މައްޗަށް ކުރި ހޯދުމަށް ޓީމެެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ

''ކައުންޓަރ ޓެރަރިޒަމް އެމަރޖެންސީ ޕްރިޕެއަރޑްނެސް ވޯކްޝޮޕް''ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއީ ޔޫކޭގެ އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ ޕްރޮޖެކްޓްގެ ދަށުން ފުލުހުންނާއި ޖަކާޓާގެ ސެންޓަރ ފޮރ ލޯއެންފޯސްމަންޓް ކޯޕަރޭޝަނާއި ގުޅިގެން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް އަމާޒުކޮށްގެން ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ. 

ބުދަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވި މިމަސައްކަތު ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރަންޖެހޭ ކަމަށެވެ. މިއީ ރާއްޖޭގެ ލޯކަލް އަދި ރިސޯޓް ޓުއަރިޒަމް އިންޑަސްޓްރީ ކުރިއަރައި ކާމީޔާބީ ލިބިގަތުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. 

މީގެ އިތުރުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ޓެރަރިޒަމްގެ މައްޗަށް ކުރި ހޯދުމަށް ކަމާ ގުޅުން ހުރިހާ މުއައްސަސާއަކުން ޓީމެެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ޓެރަރިޒަމާއި ގުޅުން ހުރި މައްސަލަތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އެއްބަޔަކު އަނެއް ބައެއްގެ މައްޗައް އޮންނަ އިތުބާރު ވަރުގަދަކޮށް ގުޅިގެން މަސައްކަތްކޮށް ޚިޔާލު ފާޅުކުރުމުގެ މުހިންމުކަމަށެވެ. 

މިމަސައްކަތު ބައްދަލުވުމުގައި، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްއާއި ނެޝަނަލް ސެންޓަރ ފޮރ ކައުންޓަރ ޓެރަރިޒަމާއި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި މޯލްޑިވިއަން ރެޑްކްރެސެންޓާއި ރިސޯޓު ސެކިއުރިޓީންނާއި ފަތުރުވެރި ކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭގޮތަށް 57 ބައިވެރިން ވަނީ ބައިވެރިވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް