Advertisement
ކ. މާލެ
|
24 ޖެނުއަރީ 2019 | ބުރާސްފަތި 09:25
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
އަލީ ސަމާޚް
ގާސިމް އިބްރާހިމް
ކޮން ޖަޒީރާ ރާއްޖެއްތޯ؟ ދިވެހިރާއްޖޭއެއް ނޫންތޯ ދިވެހިރާއްޖޭ އަކީ: ގާސިމް
މީގެ 1000، 2000 އަހަރު ކުރިގައި މިތާ ބުޑިސްޓުން  އުޅުނީމަ  އެވާހަކަތޯ މިދައްކަވަނީ
މީކޮން އެއްޗެއް އޮޅުވާލަންތޯ މިއުޅެނީ.

ކޯލިޝަން ސަރުކާރުގެ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ މ. ކުނޫޒްގައި ބޭއްވި ހަފްލާގައި ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވީ އެމަނިކުފާނު އެއްވެސް ބޭފުޅަކު ދެކެ ފަސްޖެހިވަޑައި ކަމަށާއި ކިޔަން ބޭނުންވާ ކޮންމެ އެއްޗެއްވެސް ކިޔާނީ ވަރަށް ފާޅުގައި ކަމަށެވެ. އެމްޑީޕީން ނެރުނު ''އަނެއް ދިވެހިރާއްޖެ'' މެނިފެސްޓޯއަށް ވެސް ގާސިމް ވަނީ ފާޑު ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑިޕީން ބުނަން ބޭނުންވާ އެއްޗެއް ސާފުކޮށް ބުނަން ޖެހޭ ކަމަށެވެ.

''ބަލަ އަނެއް ދިވެހިރާއްޖެ އެއީ ކޮން ދިވެހިރާއްޖެއްތޯ. މީގެ 1000، 2000 އަހަރު ކުރިގައި މިތާ ބުޑިސްޓުން  އުޅުނީމަ  އެވާހަކަތޯ މިދައްކަވަނީ؟ ރީތިކޮށް ބުނެލަންވީ ނޫންތޯ އޭ ތިމަންނާމެން މި ދައްކާ ވާހަކާއަކީ.  ދެން މިހާރު ޖަޒީރާ ރާއްޖެ. ކޮން ޖަޒީރާ ރާއްޖޭއްތޯ. ދިވެހި ރާއްޖޭއެއް ނޫންތޯ މީ. މި ދިވެހިރާއްޖެ އަށް ކިޔާ އެހެން ރާއްޖެއެއް ނޯވެ.  ދެން  އެހެން ނަމަވެސް ކިޔަންވީ ނުންތޯ ދެއްތޯ. މީކޮން އެއްޗެއް އޮޅުވާލަންތޯ މިއުޅެނީ.'' ގާސިމް ވިދާޅުވިއެވެ.  

 ބައެއް މީހުން އެމަނިކުފާނާއި ދިމާޔަށް ''ސޭޓް'' ނުވަތަ ''މަހްޖަނު'' ގޮވަމުންދާ ކަމަށް ގާސިމް ވިދާޅުވިއެވެ.

''އެހެން މީހަކު އަޅުގަނޑުމެންނާ ދިމާޔަށް ސޭޓް ކިޔާ މަހްޖަނު ކިޔާ އަނެކައްޗެއް ހަދާ ބޯޑު ހިފައިގެން ނިކުމެ ވާހަކަ ދައްކައިގެން ދެތިން ހަތަރު މޮޔަ ކުދިންނަށް ލާރިދީގެން  މިކަހަލަ ކަންތައް ކުރީމާ ކާކުތަ، ޑަރުވެސް ހީނުވޭ. ކަހިރުވަކެކޭވެސް ހިތަކަށް ނާރާ. ކުރާނެ ކަމެއް ކޮށްބަލަ. ކޮންކަމެއް ވާނީ. އެއްކަމެއް ވެސް ނުވާނެ'' ގާސިމް ވިދާޅުވިއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
24 ޖެނުއަރީ 2019 | ބުރާސްފަތި 06:12
ކުޑަކަތީބް
ކޮންސަންއިލެންޑެއްތޯ؟ ނަލަގުރައިދޫ ކިޔާބަލަ