Advertisement
ކ. މާލެ
|
24 ޖެނުއަރީ 2019 | ބުރާސްފަތި 01:40
ގާސިމް ޕީއެންސީ މެމްބަރުންނާއި އެކު
ގާސިމް ޕީއެންސީ މެމްބަރުންނާއި އެކު
ޓްވިޓަރ
ގާސިމް އިބްރާހިމް
24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
ޕީއެސްސީން މިއަދު ވަނީ ގާސިމާ ބައްދަލު ކުރައްވާފައި

ސައުވީސް ގަޑިއިރު މަޖިލީސް ހުޅުވަން ޖެހުނަސް ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕާޓީ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވިއްޖެއެވެ.

މ. ކުނޫޒުގައި ބޭއްވި ރަސްމީއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ، ޒާތީ ވެގެން، ޕީއެސްސީ ރަޖީސްޓްރީކޮށް ނުދީ ހިފަހައްޓައިގެން ނުވާނެ ކަމަށާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހާޒިރު ކޮށްގެން ވިޔަސް އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް އެއްބާރުލުން ދީ އެކަން ކުރާނެ ކަމަށެވެ.

''އަޅުގަނޑު 24 ގަޑިއިރު ރައްޔިތުންގެ މަޖިލީސް ހުޅުވާފައި ބަހައްޓައިގެން ވެސް އެކަން ނިންމާނަން. އެއީ އަޅުގަނޑުގެ މަސްއޫލިއްޔަތު. އަޅުގަނޑު އެކަން ކުރާނަން,'' ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ޕީއެންސީގެ މެމްބަރުން އެމަނިކުފާނާ ބައްދަލު ކުރި ކަމަށާއި އެބޭފުޅުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ އީސީން އެ ޕާޓީ ރަޖިސްޓްރީކޮށް ނުދިނުން ކަމަށެވެ. އެ ޝަކުވާތައް އަޑު އެހުމަށްފަހު އީސީގެ ރައީސްގެ އިތުރުން އެ ކޮމިޝަންގެ މެމްބަރަކަށް ވެސް ގުޅުއްވި ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެ ބޭފޫޅުން ކައިރީ ޖެހިގެން އުޅޭ މައްސަލަ ކިޔަދިން ކަމަށާއި އީސީން ބުނީ ޕީއެންސީ ރަޖިސްޓްރީ ކޮށް ނުދެވިގެން އުޅެނީ އީސީގެ މެމްބަރުންނަށް ''ވަގަށް'' ގޮވާތީ ކަމަށާއި އެހެންވެ ފޯމްތައް ރަނގަޅަށް ބަލަމުންދާތީ ކަމަށް ޖޭޕީގެ ލީޑަރު ވިދާޅުވިއެވެ.  

''އެއީ ތިމަންނާމެންނާ ވެސް ވަގަށް ގޮވާ ކަންތައް ކޮށް އެހެން ކަންތައް ކޮށް ހަދަނީއޭ، އެހެންވީމާ ތިމަންނާމެންވެސް ހުރިހާ އެއްޗެއްވެސް ބަލަނިއްޔޭ. ދެން އަޅުގަނޑު ދެންނެވިން ކޮންމެ ޕާޓީއެއް ރަޖިސްޓްރީ ކުރީމާ ކޮންމެ މެމްބަރަކަށް ފޯނުކޮށްފައި އަހަންތޯއޭ،'' އެމަނިކުފާނު ވިދާޅުވިއެވެ.    

މި ސަރުކާރުގެ ކޯލިޝަންގެ ހަތަރު ލީޑަރުންގެ ތެރޭ ހިމެނޭ ގާސިމް ވިދާޅުވީ އެމްޑީޕީން މަޖިލީހަށް ވާދަކުރުމަށް ޖޭޕީއާ އެގްރީމެންޓެއް ހެދިފައި ނުވާ ކަމަށް ބުނިކަމުގައި ވިޔަސް އެގްރީމެންޓެއް އެބައޮތް ކަމަށެވެ. އަދި އެ އެގްރީމެންޓް ޝައިއު ކުރަން ބޭނުން ނުވާނީ އެޕާޓީގެ ''ރެސްޕެކްޓަށް" ކަމަށް ގާސިމް ވިދާޅުވިއެވެ.

''  ދެން އެތާގެ ޗެއާޕާރސަން އަކަށް ހުންނެވި ބޭފުޅަކު ވިދާޅުވަނީ، އެގްރީމެންޓެއް ނޯއްނާނެޔޭ އެއްބަސް ވުމެއް ނެތޭ. ކޮން ގޮތަކަށް ނެތް ވާހަކަތޯ. އަޅުގަނޑުމެން އޭތީ ޝައިއު ކުރަންވީތޯ ނޫހުގަ. އެކަމަކު އަޅުގަނޑުމެންގެ ރެސްޕެކްޓަށް ޓަކައި  އަޅުގަނޑުމެން ބޭނުންނުވަނީ އެކަހަލަ ހަޑި މުޑުދާރު ކަން ކަން އަދި މިހާ އަވަހަށް ކޮށްލަން'' ގާސިމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
24 ޖެނުއަރީ 2019 | ބުރާސްފަތި 02:57
މަހްމޫދް
ތިބުނާ އެގްރީމެންޓްއެއް އޮތްނަމަ ނޫހުގާ ޟާއިއުކުރަން ވީނޫންތަ؟
23 ޖެނުއަރީ 2019 | ބުދަ 20:25
ހ މ ޒ
ޤާސިމަކީ ވަރަށް ވިސްނުންތޫނު ބޭފުޅެއް!
23 ޖެނުއަރީ 2019 | ބުދަ 18:53
މޭން
Miyavure bodu ghadhaareh migaumuga nei. Vaki party akah faidhaavaagotha majlis 24 hadi iru hulhuvaany amilla edhumuga