Advertisement
ކ. މާލެ
|
23 ޖެނުއަރީ 2019 | ބުދަ 21:37
ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު
ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު
ރައީސް އޮފީސް
ހުސްނުއް ސުއޫދު
ސުއޫދުގެ މައްޗަށް ދައުވާކުރެވޭނީ ޕީޖީން ދައުވާ އުފުލުމުން: ރައީސް ނަޝީދު
ކްރިމިނަލް ކޯޓުން ޝަރީއަތް ހިންގަނީ ސުއޫދު ކޯޓުގެ އަގުވައްޓާލާކަމަށް ބުނެ

މަރުތަކާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދުގެ މައްޗަށް ދައުވާކުރެވޭނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކުރުމުން އެކަނިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ބަންޑާރަ ނައިބްކަންވެސް ކުރައްވާފައިވާ ސުއޫދުގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ވަނީ ނިންމަވައިފަ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް ތާވަލްކޮށް، މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދާނީ ސިއްރު މަޖިލީސްތަކެއްގެ ގޮތުގައިކަމަށް އެ ކޯޓުން ވަނީ ނިންމައިފަ އެވެ. 

ކްރިމިނަލް ކޯޓުން، ސުއޫދުގެ މައްޗަށް ޝަރީއަތް ހިންގަނީ، ކްރިމިނަލް ކޯޓަށް ގޭންގްތަކުގެ ނުފޫޒް ފޯރައިފައިވާކަމަށް ވިދާޅުވެ ސުއޫދު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. 

ސުއޫދުގެ މައްޗަށް ޝަރީއަތް ހިންގާ މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބުދަ ދުވަހު ކުރެއްވިި ޓުވީޓެއްގައި ވިދާޅުވީ، ސުއޫދުގެ މައްޗަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ދައުވާކުރެވޭނީ ޕީޖީ އޮފީހުން، ދައުލަތުން ދައުވާކުރުމުން ކަމަށެވެ. 

ސުއޫދުގެ މައްޗަށް ޝަރީއަތް ހިންގާއިރު، ގޭންގްތަކާއި ފަނޑިޔާރުންނާ އޮތް ގުޅުން، ހެކިތަކާ އެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ހިއްސާކޮށްފައިވާނެ ކަމަށް ސުއޫދުވިދާޅުވެފައިވެއެވެ. 

ކްރިމިނަލް ކޯޓަށް ސުއޫދު ކުރެއްވި ބައެއް ތުހުމަތުތައް:

  • މުވައްޒަފުންނާއި ފަނޑިޔާރުން ގުޅިގެން މަރުގެ ދައުވާތައް ސާބިތެއް ނުކުރުން
  • ހެކިންނަށް ނުފޫޒު ފޯރުވުމަށް އެހީތެރިވުން
  • ޓެރަރިޒަމް މައްސަލަތަކުގައި ހިމެނޭ މީހުން ދޫކޮށްލުން
  • ބަންދުކުރަން އެދޭ މީހުން ބަންދު ނުކުރުން
  • ބަންދު ކުރަން ނުޖެހޭ މީހަކު ބަންދު ކުރުން

މިދިޔަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު ރައީސް އޮފީސްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ބައެއް ގޭންގުތަކަށް ކޯޓާއެއް ލިބިފައިވާ ކަމަށެވެ. ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް އެބަ އޮތް ކަމަށާއި އެކަމުގައި ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ބައިވެރިވުން ވެސް އޮތް ކަމަށް ސުއޫދު ވިދާޅުވެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް