Advertisement
ކ. މާލެ
|
23 ޖެނުއަރީ 2019 | ބުދަ 22:53
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ކުރިޔަށް ދަނީ
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ކުރިޔަށް ދަނީ
ރައީސް އޮފީސް
ދީނީ ކަންކަން ހައްލުކުރާ ކޮމިޓީ
ދީނީ ކަންކަން ޙައްލުކުރުމާ ގުޅޭގޮތުން އުފެއްދި ކޮމިޓީން ކައުންޓަރ ޓެރަރިޒަމާއި ޕޮލިސް އިންޓެލިޖެންސްގެ އެހީ ހޯދަނީ
ފަސާދަ އުފެދޭނެ އެއްވެސް ކަމަކަށް ސަރުކާރުން ޖާގަ ނުދެއްވާނެ

ސޯޝަލް މީޑިއާގައި ދީނާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސް ކަމަށް ޙައްލެއް ހޯއްދުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވާލެއްވި ޚާއްޞަ ކޮމިޓީއިން ނެޝަނަލް ސެންޓަރ ފޮރ ކައުންޓަރ ޓެރަރިޒަމާއި ޕޮލިސް އިންޓެލިޖެންސްގެ އިރުޝާދާއި އެހީތެރިކަން ހޯއްދެއްވުމަށް ނިންމަވާއިފިއެވެ.

މި ނިންމުން ނިންމަފާއި ވަނީ ބުދަ ދުވަހު ބޭއްވި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތައް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.   

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، އިއްތިޙާދުގެ މެނިފެސްޓޯގައިވާފަދައިން މާތްވެގެންވާ އިސްލާމްދީނާ އެ ދީނުގެ ވަޙުދަތަށް ބުރޫ އަރާފަދަ ކަމަކަށް އަދި އަނިޔާވެރިކަމާއި، ފަސާދަ އުފެދޭނެ އެއްވެސް ކަމަކަށް ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް އެ ކޮމިޓީގެ މެމްބަރުން ވަނީ ބައްދަލުވުމުގައި ވިދާޅުވެފައެވެ.  

މި ފަހަކަށް އައިސް އިސްލާމްދީނަށް ފާޑު ކިޔާ ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އެކި ކަހަލަ ޕޯސްޓްތައް ކުރަމުންނެވެ. އަދި އެކާމާއި ދެކޮޅަށް ބައެއް ފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް