Advertisement
ކ. މާލެ
|
23 ޖެނުއަރީ 2019 | ބުދަ 22:41
ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެޓްރީ ޖެނެރަލް މުހައްދު އިގުނާޒް
ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެޓްރީ ޖެނެރަލް މުހައްދު އިގުނާޒް
މުހައްމަދު ޝަރުހާން
ލައިފްޖެކެޓް
ލައިފްޖެކެޓް ބޭނުންކުރުމަށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގަރާމެއް ފަށަނީ
ލައިފްޖެކެޓް ބޭނުންކުރުމަށް ހޭލުންތެރި ކުރުމަކީ ރާއްޖޭގެ ހުރިހާ އެންމެންނަށް ހިންގާ ޕްރޮގްރާމެއް
ލައިފްޖެކެޓްއޮތީ ފަސޭހައިން އަތުޖެހޭ އަދި ބޭނުންކުރެވޭ ހާލަތެއްގައިތޯ ބެލުމަކީ ދަތުރު ކުރާ މީހާގެ ޒިންމާއެއް

ލައިފްޖެކެޓް ބޭނުންކުރުމަށް އާންމުން ހޭލުންތެރިކުރުމަށް، "ސްޓޭ ސޭފިން ފްލޯޓް"ގެ ނަމުގައި ޕްރޮގްރާމެއް ހިންގުމަށް މަސައްކަތް ކުރަމުންދާކަމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސުން ހާމަކޮށްފި އެވެ.

ރާއްޖެޓީވީގެ "ޚަބަރުފީތާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެޓްރީ ޖެނެރަލް މުހައްދު އިގުނާޒް ވިދާޅުވީ ސަލާމަތާއި ރަށްކާތެރިކަން އިތުރުކުރުމުގެގޮތުން ލައިފްޖެކެޓް ބޭނުންކުރަށް ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމަކީ ހަމައެކަނީ ސަފާރީތަކަށާއި ޓްއަރިޒަމް އިންޑަސްޓްރީއަށް ހިންގާ ޕްރޮގްރާމެއް ނޫންކަމަށެވެ. އެއީ ޖުމްލަގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިންގާ ޕްރޮގްރާމެއްކަމަށް އޭނާ ވިދާޅުވި އެވެ. 

އެގޮތުން އިގުނާޒް ވިދާޅުވީ ދަތުރުކުރާ ދޯނިތަކަށާއި ފެރީތަކަށް އަރާއިރު ލައިފް ޖެކެޓް ފެންނަން އޮންނަންޖެހޭ ކަމަށާއި އެ ލައިފްޖެކެޓް އޮތީ ބޭނުންކުރެވޭ ހާލަތުގައިތޯ ބަލަންޖެހޭ ކަމަށެވެ. ނަމަވެސް އެކަން ބަލާނުލާކަން ފާހަގަކޮށް އިގުނާޒް ވިދާޅުވީ ގިނަފަހަރަށް ލައިފްޖެކެޓް އޮންނަނީ އުޅަނދުގެ ކޮންމެވެސް ތަނަކަށްލާ ރައްކާ ކޮށްފަކަމަށެވެ. 

އިތުރަށް ވާހަކަދައްކަވަމުން އިގުނާޒް ވިދާޅުވީ އުޅަނދުތަކުން ދަތަރުކުރާ ފަސިންޖަރުންގެ ވެސް ޒިންމާއެއް އޮންނާނެ ކަމަށާއި އެމީހުންގެ ޒިންމާ އަކީ އެ ލައިފްޖެކެޓްއޮތީ ފަސޭހައިން އަތުޖެހޭ ހިސާބެއްގައި އަދި ބޭނުންކުރެވޭ ހާލަތެއްގައިތޯ ބެލުން ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަކީ ކިޔަވައިގެން ތިބި މީހުން ގިނަ އަދަދަކަށް ބޭނުންވާ ދާއިރާއެއްކަމުން އެ ދާއިރާއަށް ވަންނަ ފަރާތްތަކަށް ދާއިރާއާއި ގުޅުންހުރި ތަފާތު ޓްރެއިނިންގް ޕްރޮގްރާމަތަށް ހިނގާ ދާއިރާއަށް މީހުންގެ ޝައުގުވެރިކަން އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރުމަށްވެސް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ ފަތުރުވެރިއަކަށް ކަމެއް ދިމާވުމަށްވުރެން އަޅުގަނޑުމެން ވިސްނަންވީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ކަމެއް ދިމާވުމުގެ ކުރިން އެކަމަކަށް ހޭލާ ތައްޔާރަށް ތިބުމަށް. އެގޮތުންގެ އަޅުގަނޑުމެންގެ އާބާދީގެ ބޮޑު ބަޔަކީ ފަތަން ނޭގެ މީހުން. އެހެންކަމުން ތިމާގެ ފަރިތަކަމަށްވުރެން އަނެކާގެ ނުފަރިތަކަމަށް ވިސްނަންޖެހޭ އެބަ" އިގުނާޒް ވިދާޅުވިއެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް