Advertisement
ކ. މާލެ
|
23 ޖެނުއަރީ 2019 | ބުދަ 17:43
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންތައް
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންތައް
މުހައްމަދު ޝަރުހާން
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)
އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމުގެ މަޝްވަރާތައް މިހާރު ވަނީ ފަށާފައި

އިލެކްޝަންސް ކޮމިޝަނުގެ (އީސީ) ގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ރައީސް އަބްދުﷲ ޔާމީންގެ މެމްބަރުންތަކެއް މަސައްކަތް ފައްޓަވާފައިވާ ކަން އިތުބާރު ހުރި މަސްދަރަކުން ރާއްޖެ އެމްވީއަށް އެގިއްޖެއެވެ.

ރާއްޖެ އެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަޝްވަރާތައް ރައީސް ޔާމީންގެ މެމްބަރުންތައް މިހާރު ވަނީ ފައްޓަވާފައެވެ.

ރައީސް ޔާމީންގެ މެމްބަރުންނާއި، އީސީގެ މެމްބަރުންނާ މެދު ދެ ބަސްވުންތަކެއް އުފެދިފައި ވަނީ ކޮންގްރެސް ޕާޓީން ހުށަހަޅާފައިވާ ގިނަ މެމްބަރޝިފް ފޯމްތައް ސައްހަ ނޫން ކަމަށް އެ ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެންނެވެ. އެގޮތުން މިހާތަނަށް ދެ ފަަހަރެއްގެ މަތިން ކޮންގްރެސް ޕާޓީން އީސީއަށް ޖުމްލަ 5000 ފޯމް ހުށަހެޅިއިރު، އޭގެ ތެރެއިން ސައްހަ ފޯމް ކަމަށް އީސީން ކަނޑައަޅާފައި ވަނީ 2300 ފޯމްއެވެ. އީސީގެ ދަފްތަރުގައި ސިޔާސީ ޕާޓީއެއް ރެޖިސްޓްރީ ކުރާ ނަމަ ސައްހަ 3000 ފޯމް ހުށަހަޅަންޖެހެއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކޮންގްރެސް ޕާޓީ އީސީގެ ދަފްތަރުގައި ރެޖިސްޓްރީ ވުމުގައި ލަސްވެގެން އުޅެނީ އެ ކޮމިޝަނުގެ މެމްބަރުން އެ ޕާޓީއާ މެދު ޒާތީވެގެން ކަމަށް ކޮންގްރެސް ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.

ކޮންގްރެސް ޕާޓީގެ މި ތުހުމަތާ ގުޅިގެން އެ ޕާޓީން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަފާނަންތޯ ރާއްޖެ އެމްވީން ސުވާލު ކުރުމުން ޕީއެންސީ އެކަމާ ދެކޮޅެއް ނުހަދައެވެ. ރާއްޖެ އެމްވީގެ ސުވާލަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ "އެ ހިސާބަށް ހިގައްޖެއްޔާ ހުށަހަޅާނަން" ކަމަށެވެ.

ކޮންގްރެސް ޕާޓީ އީސީގެ ދަފްތަރުގައި ރެޖިސްޓްރީ ކުރުމުގައި ތަފާތުތަކެއް ގެންގުޅޭ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް އާއި ކޮންގްރެސް ޕާޓީއަށް ސޮއިކޮށްފައިވާ، ނަމަވެސް މިހާރު ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލްކުރައްވަމުން ގެންދަވާ ބައެއް މެމްބަރުން ވަނީ ބައްދަލުކުރައްވާފައެވެ.

ކޮންގްރެސް ޕާޓީ އީސީގެ ދަފްތަރުގައި ރެޖިސްޓްރީކޮށް ދިނުމުގައި އީސީން ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމަށް ތުހުމަތުކޮށް، އެ ޕާޓީގެ ފަސް މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
24 ޖެނުއަރީ 2019 | ބުރާސްފަތި 08:58
އަހުމަދުލް
ޖޭޕީން ވެއްޖެނުން މިކަމާ ވިސްނަން. މި ގައުމު ހަލަބޮލި ނުކޮށް ދުވަސްކޮޅަކު ހިންގިޔަދޭން.. ކިހާ ދެރަ ކަމެއް.ތިގޮތައް ތިކަން ކޮށްފިއްޔާ އޭގެވެސް ފައިދާ ނަގާނީ އެހެން ބަޔަކު. އަނެއްކާ ކުރިން އޮތް ހާލަތައް ވެއްޓޭނީ.
23 ޖެނުއަރީ 2019 | ބުދަ 13:31
ވަސްވަސް
އާނ!!! އެބަރަނގަޅުވޭ! ޖައްސާފަ ބަހައްޓާ!
23 ޖެނުއަރީ 2019 | ބުދަ 13:17
ވިސްނާ
ގާސިމާއި ގުޅިގެން ވޯޓު އޮޅުވާލެވޭނެ ބަޔަކު އައްޔަން ކުރަން އުޅޭނީ ކަމަށް ފެނޭ.