Advertisement
ކ. މާލެ
|
23 ޖެނުއަރީ 2019 | ބުދަ 17:46
ކޮންގްރެސް ޕާޓީން ރެޖިސްޓްރީ ކުރުމުގައި އީސީން ތަފާތު ތަކެއް ގެންގުޅޭ ކަމަށް އެ ޕާޓީން ވަނީ ބުނެފައި
ކޮންގްރެސް ޕާޓީން ރެޖިސްޓްރީ ކުރުމުގައި އީސީން ތަފާތު ތަކެއް ގެންގުޅޭ ކަމަށް އެ ޕާޓީން ވަނީ ބުނެފައި
ހައްވާ މުހައްމަދު
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)
އީސީގެ މެމްބަރު ހަބީބު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަނީ!
އީސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރަނީ ކޮންގްރެސް ޕާޓީ އީސީގެ ދަފްތަރުގައި ރެޖިސްޓްރީކޮށް ދިނުމުގައި ތަފާތުތަކެއް ގެންގުޅޭ ކަމަށް ބުނެ

އިލެކްޝަންސް ކޮމިޝަން(އީސީ) ގެ މެމްބަރު އިސްމާއިލް ހަބީބް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހާޒިކުރާނެ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އުފެއްދެވުމުގައި އިސްކޮށް ހުންނަވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ވިދާޅުވީ ހަބީބު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައި ވަނީ، ކޮންގްރެސް ޕާޓީ އީސީގެ ދަފްތަރުގައި ރެޖިސްޓްރީނުކޮށް ލަސްކުރަމުންދަނީ އެ ޕާޓީއާ ދޭތެރޭ "ޒާތީ" ވެގެން ކަމަށް ވިދާޅުވެފައިވާތީ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ހަބީބްގެ އިތުރުން އީސީގެ އަނެއް ހަތަރު މެމްބަރުން ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރާނެ ކަމަށެވެ. ހަބީބް ފިޔަވައި އީސީގައި ހިމެނިވަޑައިގަންނަވާ އަނެއް ހަތަރު މެމްބަރުންނަކީ އަހުމަދު އަކްރަމާއި، އަލީ ނަޝާތު، އަމްޖަދު މުސްތަފާ އަދި ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފްއެވެ.

އަބްދުއްރަހީމްގެ މި ތުހުމަތު ހަބީބު ވަނީ ދޮގުކުރައްވާފައެވެ.

އަބްދުއްރަހީމްގެ ތުހުމަތު ހަބީބް ދޮގުކުރެއްވުމާ ގުޅިގެން އޭނާ އަށް ރައްދުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ހަބީބް އަށް އެ ވާހަކަތަށް ދޮގު ނުކުރެއްވޭނެ ކަމަށާއި، ހަބީބް އެހެން ވިދާޅުވި ކަމުގެ ހެކި އޭނާ އަތުގައި އެބަހުރި ކަމަށެވެ. 

"ހަބީބް މާދަމާ ނޫން އަނެއް ދުވަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމުން އެހެން ނުދެންނެވޭނެ. ހަބީބް މިވެނި މީހަކާއި، މިވެނި ގަނޑިއެއްގައި ވާހަކަދެއްކީ، އެ ފެންވަރަށް ހެކި ހުރެގެން މިހެން މި ދަންނަވަނީ،" އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

 ކޮންގްރެސް ޕާޓީ އެ ކޮމިޝަނުގެ ދަފްތަރުގައި ރެޖިސްޓްރީ ނުކޮށް އީސީން ލަސްކުރަމުންދަނީ ރައީސް ޔާމީންގެ ފަރާތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވާދަކުރައްވަން ބޭނުންފުޅުވާ މެމްބަރުންނަށް، އެ ފުރުސަތު ގެއްލުވާލަން ކަމަށް އަބްދުއްރަހީމް ވަނީ ތުހުމަތުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
23 ޖެނުއަރީ 2019 | ބުދަ 17:44
ލޮލ
އަސްލުވެސް
23 ޖެނުއަރީ 2019 | ބުދަ 13:30
ވިލާތުބުގީ
އަދި ކިރިޔާ އެބަ ރަނގަޅުވޭ! މީގެ ކުރީގެ ކޮމިޝަންގެ މެންބަރުންގެ ނަޒާހަތްތެރިކަމޭ ކިޔަގެން މަޖިލިހަށް މުވައްޒިފުން ގޮވަގެން ދިޔައިވެސް ތި ހަބީބު. މިފަހަރު ވާނީ ބިތުފަންދި ނަގަން!
23 ޖެނުއަރީ 2019 | ބުދަ 13:15
ލަދުކުޑޭ
ތިޔަ ބޭފުޅުން ވެރިކަމުގައި މަޖިލީހުގެ މެޖޯރިޓީ އޮތް އިރު އިދިކޮޅު ޕާޓީއަކުން އެދިގެން މިނިވަން މުއައްސަސާއެއް ކީއްކުރަން މިނިސްޓަރެއްވެސް ޖަވާބުދާރީ ކުރުވަން މަޖިލީހަށް ހާޒިރުކުރަން ފުރުސަތު ދެއްވިންތޯ؟ މިއަދު ކޮޅު ބަދަލުވީމާ ނިކުމެ ވާހަކަ ދައްކަން ކުޑަވެސް ލަދެއް ހަޔާތެއް ނެތް ބައެއް މިއީ!