Advertisement
ކ. މާލެ
|
23 ޖެނުއަރީ 2019 | ބުދަ 16:30
ދެ ގައުމު ސުލްހަ ކުރުމަށްޓަކައި މަސައްކަތްތައް ދެ ގުނަ އިތުރުކުރުމަށް ރާއްޖެއިން އެދޭ
ދެ ގައުމު ސުލްހަ ކުރުމަށްޓަކައި މަސައްކަތްތައް ދެ ގުނަ އިތުރުކުރުމަށް ރާއްޖެއިން އެދޭ
ޓްވިޓަރ
ރާއްޖެ- އދ.
އދ. ގެ ގަރާރުތަކަށް އަމަލުކުރަން ރާއްޖެއިން އިޒްރާއީލަށް ގޮވާލައިފި
ފަލަސްތީން އިޒްރާއީލްގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ރާއްޖެއިން އެދެނީ ރައްޔިތުންގެ ހަމަޖެހުމަށް

އދ. ގެ ގަރާރުތަކަށް އަމަލުކުރަން ރާއްޖެއިން އިޒްރާއީލް އަށް ގޮވާލައިފިއެވެ.

ރާއްޖޭން އަންގާރަ ދުވަހު އިޒްރާއީލަށް ގޮވާލީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުން ހުއްޓުވުމަށް އދ. ގެ ސެކިއުރިޓީ ކައުންސިލުން ފާސްކޮށްފައިވާ ރިޒޮލިއުޝަނަށް ފުރިހަމަ އަށް އެ ގައުމުން އަމަލު ކުރުމަށާއި، އދ. ގެ ޗާޓަރުގެ ދަށުން އިޒްރާއީލުން ގާނޫނީ ގޮތުން އަމަލު ކުރަންޖެހޭ އުސޫލުތަކަށް އަމަލު ކުރުމަށެވެ.

މީގެ އިތުރުން ފަލަސްތީނާއި އިޒްރާއީލްގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް ރާއްޖެއިން އެދެނީ އެ ދެ ގައުމުގެ ރައްޔިތުންނަށް ވެސް ސުލްހަވެރި ކަމުގައި ދިރިއުޅެވޭނެ މާހައުލެއް ތަނަވަސްވުމަށް ކަމަށް ވަނީ ބުނެފަ އެވެ.

އދ. ގެ މެމްބަރު ގައުމުތަކާއި ސެކިއުރިޓީ ކައުންސިލުން ފަލަސްތީނާއި އިޒްރާއީލްގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް ދެ ގުނަ އަށް އިތުރު ކުރުމަށް ވެސް ރާއްޖޭން އަންގާރަދުވަހު ގޮވާލިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
24 ޖެނުއަރީ 2019 | ބުރާސްފަތި 11:42
ޕިސްޕިސް
މިއްލަ ގައުމަށްވެސް ގޮވާލަބަލަ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ،ހާއްސަކޮށް ބަންގްލަދޭޝް ރައްޔިތުން އަޅުންހެން ނުގެންގުޅުމަށާ