Advertisement
ކ. މާލެ
|
23 ޖެނުއަރީ 2019 | ބުދަ 16:32
މއ. ގޯލްޑަންމޫން އަޙްމަދު ނާޝިދު
މއ. ގޯލްޑަންމޫން އަޙްމަދު ނާޝިދު
މުހައްމަދު ޝަރުހާން
މަރުތައް ބަލާ ކޮމިޝަން
މަރުތައް ބަލާ ކޮމިޝަނަށް އާ މެމްބަރަކު އައްޔަން ކޮށްފި
އާ މެންބަރަކު އައްޔަން ކުރެއްވީ ކުރިން އެ ކޮމިޝަންގެ މެމްބަރަކަށް ހުންނެވި އަބްދުﷲ މުނާޒު އިސްތިއުފާ ދެއްވުމުން

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ މެންބަރު ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާ ބޭފުޅަކު ބުދަ ދުވަހު ޢައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ކޮމިޝަނަށް ޢައްޔަނުކުރެއްވީ މއ. ގޯލްޑަންމޫން އަޙްމަދު ނާޝިދު ކަމަށެވެ.

އެ ކޮމިޝަނަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރެއްވީ އެ ކޮމިޝަންގެ މެމްބަރަކަށް ކުރިން ހުންނެވި އަބްދުﷲ މުނާޒު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީއެވެ. މުނާޒް އެ ކޮމިޝަނުން އިސްތިއުފާ ދެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ވަޑައިގަތުމަށެވެ.

ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވި ނާޝިދަކީ ގިނަ އަހަރުތަކެއް ވަންދެން ޤައުމީ ދިފާއީ ބާރާއި ފުލުހުންގެ އިދާރާގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި މާރާލެވޭ މީހުންގެ މައްސަލަތައް ތަހުގީގުކުރާ އިސްވެރިޔާގެ ދައުރު ވެސް ނާޝިދު ވަނީ އަދާކުރައްވާފައެވެ.

ނާޝިދު ވަނީ ކުށް ތަހުގީގުރުމުގެ ދާއިރާ އިން ތާފާތު އެކި ތަމްރީނުތަށް ވެސް ހާސިލުކުރައްވާފައެވެ. މީގެ ތެރޭގައި އިންޑިޔާގެ ހައިދަރއާބާދުގައި ހުންނަ ސެންޓްރަލް ޑިޓެކްޓިވް ސްކޫލުން ސްއެޑްވާންސްޑް ސައިންޓިފިކް މެތަޑްސް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޯހާއި، ފްރާންސްގެ ލައިއޮންސް އިން އިންޓަރޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯ އޮފިސަރސް ޓްރެއިނިންގާއި، ސިންގަޕޫރާއި ޖަޕާނުން ކޮބަން ސިސްޓަމް އޮފް ޖަޕާން އެންޑް ނެއިބަރހުޑް ޕޮލިސް ޕޯސްޓް ސިސްޓަމާ ބެހޭ ތަމްރީނުތައް ހިމެނެއެވެ.

ނާޝިދުގެ އިތުރުން އެ ކޮމިޝަންގައި ދެން ހިމެނޭ މެމްބަރުންނަކީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި އާދަމް އިބްރާހީމާއި ގާނޫނީ ވަކީލު ފަރީޝާ އަބްދުﷲ އާއި ކުރީގެ ނޫސްވެރިޔާ މިސްބާހް އައްބާސްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް