Advertisement
ކ. މާލެ
|
23 ޖެނުއަރީ 2019 | ބުދަ 16:40
ޓޯކޮށްފައިވާ ކާރުތަކެއް
ޓޯކޮށްފައިވާ ކާރުތަކެއް
މޯލްޑިވްސް ޕޮލިސް ސާރވިސް
ގަވާއިދާ ޚިލާފަށް ފާކުކުރުން
ގަވާއިދާ ޚިލާފަށް ފާކު ކުރާ އުޅަނދުތައް ޓޯ ކުރަން ފަށައިފި
ސްޓިކާ ޖެހުން މިދިޔަ ހަފްތާގައި ހުއްޓާލުމުން ނުގަވައިދުން ޕާކްކުރުން ވަނީ އާއްމުވެފައި

ޤަވާއިދާ ޚިލާފަށް ޕާކުކުރާ އެއްގަމު އުޅަނދުތައް ޖޫރިމަނާކޮށް ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވީ ނަމަވެސް އެފަދަ އުޅަނދުތައް ޓޯ ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުދަ ދުވަހު ބުނެފިއެވެ.

ސްޓިކާ ޖެހުން މިދިޔަ ހަފްތާގައި ހުއްޓާލުމުން ހިނގާ އުޅެން ދަތިވާ ގޮތަށް ނުގަވައިދުން ޕާކްކުރުން ވަނީ އާއްމުވެފައެވެ. ކަފިހިހުރަހާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ހަދާފައި ހުންނަ ރޭމްޕްތަކުގެ އިތުރުން އޮފީސްތަކާއި ގޭގެ އަށް ނުވަދެވޭ ގޮތަށް ޕާކްކުރާ މައްސަލަ ވެސް އިންތިހާއަށް ވަނީ ބޮޑު ވެފައެވެ.

"ނުޤަވައިދުން ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގެ ވެރިންނަށް ގުޅައިގެން އެބަ ނަގުވަން. އަދި ޓޯ ކުރުމުގެ މަސައްކަތް ވެސް އެބަ ކުރިއަށް ގެންދަން. ސްޓިކާ ޖެހުން ހުއްޓާލި ނަމަވެސް ނުގަވައިދުން ޕާކްކުރުން ހުއްޓުވުމަށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުން،" އޮފިޝަލު ވިދާޅުވެފައިވެއެވެ.

މިފަދަ ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ޤަވާއިދާއި ޚިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރަން ފަށާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް