Advertisement
ކ. މާލެ
|
23 ޖެނުއަރީ 2019 | ބުދަ 16:48
ރައީސް ސޯލިހް ޕާރލޭގެ ބާނީ ސައިރިލްއާ ބައްދަލުކުރައްވަނީ
ރައީސް ސޯލިހް ޕާރލޭގެ ބާނީ ސައިރިލްއާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ކަނޑުގައި ހުރި ޕްލާސްޓިކް
ކަނޑުން ޕްލާސްޓިކް ނައްތާލަން ރާއްޖެ އިން އިސް ނަގާނެ: ރައީސް ސޯލިހު
ކަނޑުން ޕްލާސްޓިކް ނައްތާލަން ޕާރލޭއިން ކުރަމުންގެންދާ މަސައްކަތްތަކަށް ރައީސް ސޯލިހު ވަނީ ތައުރީފްކުރައްވާފައި

ކަނޑުތަކުން ޕްލާސްޓިކް ނައްތާލުމަށް ދިވެހިރާއްޖެއިން އިސްނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް މަސައްކަތްކުރަމުން އަންނަ ބައިނަލްއަގުވާމީ ފަރާތެއް ކަމަށްވާ ޕާރލޭގެ ބާނީ އަދި ޗީފް އެކްޒެކެޓިވް އޮފިސަރ ސައިރިލް ގަޓްޗްއާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ކަނޑުން ޕްލާސްޓިކް ނައްތާލަން "ޕާރލޭ ފޮރ ދި އޯޝަންސް" އިން ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފްކުރައްވާފައެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ސައިރިލް ވަނީ ޕާރލޭގެ މަސައްކަތާ ބެހޭ ގޮތުންނާއި ކަނޑުތަކަށް ދިމާވެފައިވާ ނުރައްކާތަކުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތަކާ ގުޅޭ ގޮތުން ރައީސް ސޯލިހާ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ސައިރިލް ވިދާޅުވީ ބައިނަލްއަގްވާމީ މައިދާނުގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަޑު އުފުލާ މުހިންމު ގައުމަކަށް ރާއްޖެއަށް ވެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދުނިޔޭގެ ގައުމުތަކަށް އަންގައިދިނުމުގައި ވެސް ރާއްޖެއަށް މުހިންމު ރޯލެއް އަދާކުރެވިދާނެ ކަމަށް ވެސް ސައިރިލް ވިދާޅުވިއެވެ.

ކަނޑުގައި ހުރި ޕްލާސްޓިކް ކުނި އެއްކޮށް ނައްތާލުމަށް އެ ޖަމިއްޔާ އިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ރައީސް ސޯލިހްއާ އެކު ސައިރިލް މަޝްވަރާކުރެއްވިއެވެ.

މީގެ ހަ އަހަރު ކުރިން، 2013ގައި އުފެއްދި ޕާރލޭ ޖަމިއްޔާ އިން ވަނީ ކަނޑުން ޕްލާސްޓިކް ނައްތާލުމަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބައިނަލްއަގްވާމީ ފެންވަރެއްގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަން ފަށާފައެވެ. އެގޮތުން ޕާރލޭ އިން ދަނީ ރާއްޖޭގައި ވެސް ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ޕްލާސިޓިކް ކުނި ހޮވައި ނައްތާލުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި ސްކޫލްތަކާ ގުޅިގެން ވެސް ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް