Advertisement
ކ. މާލެ
|
23 ޖެނުއަރީ 2019 | ބުދަ 18:05
އެމެރިކާގެ އިސް ފަރާތްތަކާ ޝާހިދު ބައްދަލުކުރައްވަނީ
އެމެރިކާގެ އިސް ފަރާތްތަކާ ޝާހިދު ބައްދަލުކުރައްވަނީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރ
އެމެރިކާގެ އިސް ފަރާތްތަކާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައިފި
އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދެވިދާނެ އެހީތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައި

އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެ ޤައުމުގެ ވެރިރަށް ވޮޝިންޓަނަށް ވަޑައިގެން، އެޤައުމުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.

އެގޮތުން މިނިސްޓަރ ޝާހިދު ވަނީ އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓްގެ އިސްވެރިންނާއި، އެމެރިކާ ސަރުކާރުގެ ބައިނަލްއަޤްވާމީ އެހީއާ ބެހޭ އިދާރާ ޔޫއެސް އެއިޑްގެ ބޭފުޅުންނާ ބައްދަލުކުރައްވައި، އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދެވިދާނެ އެހީތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި، އެކި ދާއިރާތަކުން ޤާބިލްކަން އިތުރުކުރުމުގެ އިތުރުން މާލީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އެމެރިކާއިން ރާއްޖެއަށް ވެދެވޭނެ އެހީތަކާ ގުޅޭ ގޮތުން އެމެރިކާގެ އިސް އޮފިޝަލުންނާ އެކު މިނިސްޓަރ ޝާހިދު ވަނީ މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި ވެރިރަށް ވޮޝިންޓަންގެ އިތުރުން ނިއުޔޯކަށް ވެސް ވަޑައިގަންނަވާނެއެވެ. އަދި ވޮޝިންޓަނާއި ނިއުޔޯކްގައި އެމެރިކާގެ ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވާނެއެވެ.

އެމެރިކާއަށް ވަޑައިގަތުމުގެ ކުރިން މިނިސްޓަރ ޝާހިދު ވަނީ ޔޫއޭއީއަށް ވަޑައިގެން، އެޤައުމުގައިވެސް މުހިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ. މި މަޝްވަރާތަކުގައި ފޮރިން މިނިސްޓަރ ޝާހިދާއިއެކު އެހެން ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް