Advertisement
ކ. މާލެ
|
23 ޖެނުއަރީ 2019 | ބުދަ 18:02
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ
ޓްވިޓަރ
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން މަޖިލީހަށް ކުރިމަތި ނުލައްވަން ނިންމެވި ޚަބަރު ދޮގުކޮށްފި
އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމިން ވަނީ ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވެފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެއްވެސް ދާއިރާއަކަށް ވާދަނުކުރައްވަން ނިންމެވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމިން ކުރިމަތިނުލައްވަން ނިންމަވާފައިނުވާ ކަމަށާއި އަދި ވަކި ގޮތެއް ނިންމަވާފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވެސް ޔާމިން ވިދާޅުވީ އެގޮތަށް ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އަންގާރަ ދުވަހުގެ ރޭގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ޕީޕީއެމް މެމްބަރުންނާއި ޕީއެންސީ މެމްބަރުން ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމިން ވަނީ މަޖިލީހަށް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވެފައެވެ. މި މައުލޫމާތު ވަނީ އިތުބާރު ހިފޭ ދެ މަސްދަރަކުން ރާއްޖެއެމްވީ އަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް